މިއަދު މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހާއާ ކްލޯސް ކޮންޓެކްޓްވީ މީހުންނާ ކޮންޓެކްޓްވި އިތުރު 55 މީހަކު ޓެސްޓް ކުރާ ކަމަށް ޑރ. ފާތުމަތު ނުޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފާތުމަތު ނުޒްލާ ރަފީގް ވިދާޅުވީ، މާލޭގައި ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވުމާއެކު އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުގެ ދެ ދުވަސްކުރިން އޭނާއާ ކްލޯސް ކޮންޓެކްޓްވީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން 54 ކޮންޓެކްޓް މިވަގުތާ ހަމައަށް އައިސޮލޭޓް ކުރެވިފައިވާ ކަމަށާއި އަދިވެސް އިތުރު ކޮންޓެކްޓް ޓްރޭސީންގް ގެ މަސައްކަތުގެ ތެރެއިން 55 ފަރާތެއް ގޭގައި މަޑުކުރުމަށް އެދިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ހަމައެއާއެކު ބަލި މީހާއާ އެންމެ ގާތްކޮށް އުޅުނު މީހުންގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެ ފަރާތްތަކަށް އައިސޮލޭޝަންގައި ބެހެއްޓުމަށް ނުނިންމި ނަމަވެސް ސީދާ ގޭގައި މަޑުކުރުމަށް އެދިފައިވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް މި ކޭސްގެ ކަންކަން ކުރިއަށްދާ ގޮތަކުން އެ ފަރާތަތަކުންވެސް އައިސޮލޭޝަންއަށް ލާން ޖެހިދާނެ ކަމަށް ޑރ. ފާހަގަކުރެއްވިއެވެ. އަދި އެއީ ގޭގައި މޑުކުރުމަށް އެނގިފައި ތިބި 55 މީހުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާލެތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންދާ އިރު ފުރަތަމަ ޕަރައިމަރީ ކޮންޓެކްސްޓްސް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި ނަމަވެސް ކޮމިއުނިޓީ ސްޕްރެޑްކަަށް ދާ ކަހަލަ ދަނޑިވަޅެއްގައި ކްލޯސް ކޮންޓެކްޓްސް ހޯދުމުގައި ސެކަންޑްރީ ކޮންޓެކްސްވެސް ބަލަމުންދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތައް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނީ ލޮކްޑައުންގެ ހާލަތުގައި، މާލެ ސަރަހައްދުގައި އެއްގައި އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

އަދި މީގެއިތުރަށް މާލެ ސަރަހައްދުގައި ދަތުރު ކުރަމުންދާ ބަހާއި ފެރީހެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލައި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް މީހުން އަރައި ފޭބުންވެސް ވަނީ މަނާ ކޮށްފައެވެ. މީގެއިތުރަށް މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 21 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 6 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.