ޕޮޒިޓިވް ވި މީހަކީ މިހާތަނަށް ބެލި ބެލުމުން ޑައިރެކްޓް ކޮންޓެކްޓެއް ނޫން ކަމަށާއި ޓްރެވަލް ހިސްޓްރީއެއްވެސް ނެތްކަމަށް އަމީން ވިދާޅުވެއްޖެއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ދާ ކަމަށް އަމީން ވިދާޅުވިއެވެ.
ދަރުބާރުގޭގައި ކުރިއަށް ދާ ޕްރެސް ކޮންޕަރެންސްގައި މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވީ، މިއަދު ޕޮޒިޓިވި ދިވެހި މީހާ، ކައިރި މުސްތަގުބަލެއްގައި ތަނަކަށް ދަތުރު ކޮށްފައި ވާކަމުގެ ޓްރެވަލް ހިސްޓްރީއެއް ނެތް ކަމަށެވެ. އަދި ކޮވިޑް ޖެހުނު މީހަކާ ކޮންޓެކްޓް ވި ކަމުގެ ރެކޯޑެއްވެސް މިހާނަތަށް ނެތް ކަަމަށެވެ.
ބަލި ހުރި މީހަކާ ބައްދަލު ނުވެ، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތި ބަލިވާނަމަ އެއީ "ކޮމިއުނިޓީ ސްޕްރެޑް ކަމަށް" ބަލައެވެ. އެގޮތަށް އެއްވެސް ޓްރޭސް އެއް ނެތި ބަލިވުމުން، މުޖުތަމައަށް ފެތުރުމުގެ ނުރައްކާ ބޮޑުވެ މާލެ ސަރަހައްދު ލޮކްޑައުންކޮށް މިހާރު ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސް ކުރުމެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިހާތަނަށް ކޮންޓެކްސް ތްރޭސިންގެ ތެރެއިން ގިނަ ބަޔަކު ފާހަގަ ވެފައި ވާކަމަށާއި، ބަލިވި މީހާއާ ޑައިރެކްޓްވި މީހަކު ދަތުރު ކުރި ކަން އެނގިގެން ކ. ކާށިދޫވެސް ވަނީ ކޮކްޑައުން ކޮށްފައެވެ. އަދި މިއަދު ކައްދުއަށް ދަތުރު ކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައި ކްލޯސް ކޮންޓެކްޓެއް ހުރެގެން އެ ފްލައިޓު ވަނީ އަނބުރާ މާލެއަށް ޖައްސާފައެވެ.
މާލެތެރެއިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒުލާ ރަފީގު ވަނީ ކޮވިޑް19 ރާއްޖެއަށް އައިސް ފެތުރޭ ހާލަތެއްގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައިފިނަމަ މާލެ ސަހަރަހައްދުން 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް އަންދާޒާ ކޮށް ހިސާބުތަކެއް އާންމު ކުރައްވާފައެވެ
ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 21 ޕޮޒިޓިވް ވެފައިވައިރު، އޭގެތެރެއިން 6 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެތެރެއިން 16 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުންވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފައެވެ.