މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިއަނަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ހިސާބުތަކުން 210 އަކަށްވުރެ ގިނަ ގައުމާ ސަރަހައްދުން މި ބަލި ވަނީ ފެނިފައެވެ. މި ހުރިހާ ސަރަހައްދަކަން މިހާތަނަށް 2000043 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
އެންމެ ގިނައިން ކޭސް ރިޕޯޓްކޮށްފައިވާ ގައުމުތައް
- އެމެރިކާ: 614246 ކޭސް | 26064 މަރު
- ސްޕެއިން: 174060 ކޭސް | 18255 މަރު
- އިޓަލީވިލާތް: 162488 ކޭސް | 21067 މަރު
- ފަރަންސޭސިވިލާތް: 143303 ކޭސް | 15729 މަރު
- ޖަރުމަނުވިލާތް: 132210 ކޭސް | 3495 މަރު
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކްޓިވް ކޭސްތަކުގައި ގޮތުގައި ރެކޯޑްކޮށްފައިވަނީ 1388717 ކޭހެވެ. މީގެ ތެރެއިން 51603 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ކްލޯޒްޑް ކޭސް ނުވަތަ ވަކި ގޮތަކަށް ނިމިފައިވާ ކޭހުގެ އަދަދަކީ 611326 ކޭހެވެ. މީގެ ތެރެއިން 484573 މީހުންނަކީ ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާ މީހުން ނުވަތަ ހޮސްޕިޓަލުތަކުން ދޫކޮށްލާފައިވާ މީހުންނެވެ.
ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮވިޑް-19ގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 126753 އަށް އަރާފައެވެ.