ކަރަންޓީނުގައި ތިބޭ އަންހެން ކުދިންނަށް އެތަންތަން ބަލަހައްޓަން ތިބޭ ފަރާތްތަކުން ގުޅާ ފުރައްސާރަ ކުރޭތޯ ބައްލަވާނެ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް އެހެން ވިދާޅުވެފައި ވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ އަންހެން ކުދިންނަށް ފުލުހުންނާއި އެމްއެންޑީއެފްގެ މީހުންނާއި އެންއީއޯސީ އަދި ސަރުކާރުގެ އިސްބޭފުޅުން ގުޅަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެފަދަ ވާހަކަ ތަކެއް ސޯޝަލް މީޑިއާގައިވެސް ދެކެވެމުންދާ ކަމަށް ބުނެ ނޫސްވެރި އަކު ކުރި ސުވާލަކަށް ޖަވާބު ދެއްވައެވެ.
މަބްރޫކް ވިދާޅުވީ އެފަދަ އަމަލެއް ހިނގާނަމަ އެއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި މިހާތަނަށް އެފަދަ ހަބަރެއް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ ހިނގަމުންދާ ކަމެއް ނަމަ އެކަމުގެ ތަހުގީގެއް ފައްޓަވާނެ ކަމަށާއި އެފަދަ އަމަލެއް ހިނގާފާނެ ކަމަށް ގަބޫލު ކުރެވުމަކީ ވެގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ކަރަންޓީންގައި ތިބޭ ބައެއް އަންހެން ކުދިންނަށް ގުޅާ ކަމަށް ބުނަމުން ދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓީންގައި ތިބޭ މީހުންނަށް ރެޑްކްރަސެންޓް ގެ ފަރާތުން ގުޅާ ހާލު ބެލުމާ ސައިކޯ ސޯޝަލް ސަޕޯޓް ދޭ ކަމަށް ކަރަންޓީނު ވި ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
ރެޑް ކްރެސެންޓްއިން ފޯރު ކޮށްދެނީ ކައުންސެލިން އެއްނޫން ސައިކޯ ސޯޝިއަލް ސަޕޯޓް.