ށ. ފީވަކުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ދެ މީހެއްގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ އިއްޔެ ރޭ ފީވަކު ސްކޫލުގައި، ކޮވިޑް-19ގެ ޓަސްކްފޯސްގެ ބައްދަލުވުން ކުރިއަށް ދަނިކޮށް އެތަނުގެ ތެރެއަށް ބަޔަކު ވަދެ މާރާމާރީއެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބި، އެތަނަށް ފުލުހުން ދިއުމުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ރޭ 25 އަހަރާއި 28 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، 25 އަހަރުގެ މީހާއަށް ހަތް ދުވަސް އަދި 28 އަހަރުގެ މީހާއަށް ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ އެރަށު ކޮވިޑް-19ގެ ޓާސްކްފޯސް އިން ނިންމާފައިވާ ގޮތާ ހިލާފަށް ކަންތައް ކުރުމުންނެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާއިރު، ކޮވިޑް-19 އިން ރައްކާތެރި ވުމަށް ރިސޯޓުތަކާއި އާންމުން އުޅޭ ރަށްރަށަށް އެރުންވެސް މަނާ ކުރިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފުވި މީހުންނަށް ވަނީ ފިޔަވޅުވެސް އަޅާފައެވެ.
ކަނޑަ އެޅިގެން ދޮގެއް