ކޮވިޑް-19 އާ ގުޅިގެން މިހާރު ދުނިޔޭގެ ހާލަތަށް ބަލާއިރު ހައްދުފަހަނައަޅާފައިވާ ފިކުރުގެ ނުރައްކާ ރާއްޖެ އޮވެދާނެކަމަށް ބަލައި ސިފައިންގެ އެލާޓް ލެވެލް މައްޗަށް ޖައްސާފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން އެލާޓް ލެވެލް މައްޗަށް ޖައްސާފައިވާ ކަމަށް ބުނެފައި ވަނީ ކޮވިޑް-19 ގެ އާ ގުޅިގެން ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް އޮތްތޯ ސާފުކުރުމަށް އެދި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ސިފައިންނާއި ފުލުހުންގެ މުއައްސަސާއަށް ފޮނުވި ސިޓީއަށް ޖވާބުދެއްވާ ފޮނުވި ސިޓީގައެވެ.
އެމްއެންޑީއެފުން އެ ކޮމީޓީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ނުރައްކަލެއް ދިމާވެދާނެކަމަށް އެލާޓްގައި ތިބި ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ މިދުވަސްވަރު ރާއްޖޭގައި ވައްކަމާއި މާރާމާރީއައި މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވެދާނެކަމަށާއި ގެވެށި އަނިޔާ ފަދަ ކަންކަންވެސް އިތުރުވެދާނެކަމަށް ބަލައި ހާއްސަ އިޖްރާއަތްތަކެއް މިވަގުތު ކަނޑައަޅަފައިވާކަން ހާމަކޮށްފައެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ޓޫފޯވަން ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ސާފުކުރަން ބޭނުންވި ގިނަ މައުލޫމާތު ފުލުހުންނާއި ސިފައިން ހިއްސާކުކޮށްފައިވާ ކަމަށް މެންބަރުން ވިދާޅުވެފައެވެ. އެގޮތުން ސަލާމަތީ ހިދުމަތްތަކުން މިވަގުތު ތިބެންވާނީ ރާއްޖެއަށް ދިމާވެފައިމިވާ ހާލަތުގައި އެތެރެއިންޏާއި ބޭރުން އަތުވެދާނެ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ނުރައްކަލާމެދު ވިސްނައިގެން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވިއެވެ.
މެންބަރުން ވަނީ ސަލާމަތީ ހިދުމަތްތަކަށް ލަފާ އަރުވާނެ ބައެއް ކަންކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މިދުވަސްވަރަކީ ފުލުހުންގެ ބައެއް މަސައްކަތްތައްވެސް ހުއްޓިފައިވާ ދުވަސްވަރެއް ކަމަށްވާތީ މިހާލަތުގައި މަސައްކަތްކުރާނެ ހާއްސަ ގޮތެއް ހެދުމަށް އިލްތިމާސްކުރުމަށް މެންބަރުން ތާއީދުކުރިއެވެ. އަދި ކޮމިޓީގެ މެންބަރުން ވަނީ އަދިވެސް އިތުރަށް މި މައްސަލަ ދިރާސާކުރުމަށްވެސް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.
ލާދީނީ ފި ކުރު ހައްދުފަހަނަ އަޅާދާތަން ފެންނަނީ