ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 2186 މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެފައި ވާކަމަށް ރަޝިއާގެ ދައުލަތުގެ މީޑިއާ ޓަސްއިން ހާމަކޮށްފިއެވެ.

މިއީ އެއްދުވަހާ މިހާ ގިނަ އަދަދެއްގެ ބަޔަކު ރަޝިއާއިން ކޮވިޑް-19އަށް ޕޮޒިޓިވް ވި ފުރަތަމަ ފަހަރުވެސް މެއެވެ.

މިއާއެކު ރަޝިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 15770 އަށް އަރާފައެވެ. މި ބަލީގައި ރަޝިއާއިން މަރުވި މީހުންގެ އަދަދަކީ 130 ކަމަށް ޓަސްއިން ޚަބަރުދެއެވެ.

ރަޝިއާއަށް ބަލާއިރު ގިނަ ކޭސްތައް ފެންނަމުން ދަނީ ވެރިރަށް މޮސްކޯއިންނެވެ. މޮސްކޯއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 10158 އަށް އަރާފައި ވާއިރު މޮސްކޯއިން މަރުވި މީހުންގެ އަދަދު 15 އަށް ވަނީ އަރާފައެވެ.

ކަންމިހެން އޮތްއިރު ޗައިނާއިން ދަނީ ރަޝިއާއާއި ބޯޑަރު ހިއްސާކުރާ ބައެއް ސަރަހައްދުތައް ބަންދުކުރަމުން ކަމަށް ޚަބަރު ލިބެއެވެ.