ހުޅުމާލޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެއްޖެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭ ރީތިގަސްމަގާއި އަސުރުމާ ހިނގުން ގުޅުނު ކަންމަތިން ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 10:03 ހާއިރު ކަމަށެވެ.

އަދި މި އެކްސިޑެންޓު ހިނގި އިރު ސައިކަލް ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށާއި، މި މީހާއަށް އަނިޔާ ވުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ޕިކަޕް ދުއްވަން އިނީ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ދެ އުޅަނދައްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލާއި ޕިކަޕް ދުއްވަން އިން ދެ މީހުންގެ އަތުގައިވެސް ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.