އެމެރިކާގެ ބްރޮންސްކް ޒުލުގައި އޮތް، އުމުރުން 4 އަހަރުގެ މަލާޔަން އަންހެން މިނިކާވަގެއް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމެރިކާގައި ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ނިއު ޔޯކް ސިޓީގައި ހުންނަ ބްރޮންކްސް ޒުލުގައި އޮތް މިނިކާވަގެއް، މި ވައިރަހަށް ޕޮޒިޓިވްވެފައިވާކަން، އަޔޯވާގައި ހުންނަ ނޭޝަނަލް ވެޓްރިނަރީ ސާވިސަސް ލެބޯޓްރީއިންވަނީ ކަށަވަރުކޮށްދީފައެވެ.

'ނެޑިއާ'ގެ ނަންދީފައިވާ މިނިކާވަގާ، އޭގެ އާއިލީ މެމްބަރެއް ކަމަށްވާ 'އަޒޫލް' އަދި 2 އަމޫރު މިނިކާވަގާ، 3 އެފްރިކަން ލަޔަން ނުވަތަ ސިންގާތަކެއްވެސް ހިކި ކެއްސުމަކުން ކެއްސަމުންދާކަމަށާ، މި ހުރިހާ ޖަނަވާރެއްވެސް ބަލިން މުޅިން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް، ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މި ޖަނަވާރުތަކަށް ކޮވިޑް-19 ޖެހުނުކަމަށް ބެލެވެނީ ޒޫ ބަލަހައްޓަން އުޅުނު މީހެއްގެ ފަރާތުން ކަމަށް ލަފާކުރެވެއެވެ.

ބްރޮންކްސް ޒުލުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ 'ނެޑިއާ' މިނިކާވަގުގެ ހާލަތުން ލިބެމުންދާ މައުލޫމާތަކީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދުނިޔޭގައި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހިއްސާކުރަމުންދާނެ މައުލޫމާތުތަކެއް ކަމަށެވެ.

ބްރޮންކްސް ޒުލުން ބުނީ ކާހިތްކެނޑު ފިޔަވާ މާ ބޮޑު ބަދަލެއް އެ ޖަނަވާރުތަކުގެ ކިބައިން ނުފެންނަ ކަމަށެވެ.