ކޮވިޑް-19 އާ ގުޅިގެން އުމުރުން ދުވަސްވީ މީހުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް ޖެނެރަލް މެޑިސިން ކްލިނިކެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ، ކޮވިޑްއާ ގުޅިގެން އުމުރުން 60 އަހަރުން މަތީގެ ބަލިމީހުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ޖެނެރަލް މެޑިސިން ކްލިނިކް ގާއިމްކޮށްފައިވާ ކަމަށެވެ. އެ ކްލިނިކް ހިދުމަތް ކުރިއަށް ދާނި އޯޕޯޑީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.

ހަމައެއާއެކު އައިޖީއެމްއެޗުން ބުނީ ދޮސީއުމުރުގެ މިހުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް ހެދި ކްލިނިކަކީ ދުރާލާ އެޕޮއިންޓްމަންޓް ހައްދަން ޖެހޭ ކްލިނިކެއް ނޫން ކަމަށާއި. ނަންބަރު ނެގުމަށް ހެނދުނު 8:45 އިން މެންދުރު 12:00 އަށް ގުޅުމަށެވެ.

މީގެ އިތުރުން އެ ކްލިނިކަށް ދައްކަން ބޭނުންވާ މީހުން ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައިވާ އެތެރެހަށީގެ ޑިޕާތްމަންޓް ކައުޓަރަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖެއްސައިދޭނެ ކަމަށެވެ.