ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވިކަން ކަށަވަރުވެފައިވާ މީހުންގެ ޖުމުލަ އަދަދު 9 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ވައިރަހަށް ޕޮޒިޓިވްވިކަން ކަށަވަރުވެފައިވާ މީހުންގެ އަދަދު 917913 އަށް އަރައެވެ. 678518 އެކްޓިވް ކޭސް ރެކޯޑްކޮށްފައިވާއިރު، މީގެ ތެރެއިން 34883 މީހަކު އޮތީ ސީރިއަސް/ކްރިޓިކަލް ހާލެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. 193333 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާއިރު، މަރުވި މީހުންގެ އަދަދު މިހާރު ވަނީ 46062 އަށް އަރާފައެވެ.
ބުދަ ދުވަހު އެންމެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓްކުރި ގައުމުތައް
- އެމެރިކާ: 16908 މިއަދު | 205438 ޖުމުލަ
- ސްޕެއިން: 6213 މިއަދު | 102989 ޖުމުލަ
- ފަރަންސޭސިވިލާތް: 4861 މިއަދު | 56989 ޖުމުލަ
- އިޓަލީވިލާތް: 4782 މިއަދު | 110574 ޖުމުލަ
- ޖަރުމަނުވިލާތް: 4736 މިއަދު | 76544 ޖުމުލަ
- އިނގިރޭސިވިލާތް: 4324 މިއަދު | 29474 ޖުމުލަ
- އީރާނު: 2988 މިއަދު | 47593 ޖުމުލަ
- ތުރުކީވިލާތް: 2148 މިއަދު | 15679 ޖުމުލަ
- ބެލްޖިއަމް: 1189 މިއަދު | 13964 ޖުމުލަ
- ނެދަލަންޑްސް: 1019 މިއަދު | 13614 ޖުމުލަ
ބުދަ ދުވަހު އެންމެ ގިނަ މަރު ރިޕޯޓްކުރި ގައުމުތައް
- އިޓަލީވިލާތް: 727 މިއަދު | 13155 ޖުމުލަ
- ސްޕެއިން: 589 މިއަދު | 9053 ޖުމުލަ
- އިނގިރޭސިވިލާތް: 563 މިއަދު | 2352 ޖުމުލަ
- ފަރަންސޭސިވިލާތް: 509 މިއަދު | 4032 ޖުމުލަ
- އެމެރިކާ: 475 މިއަދު | 4528 ޖުމުލަ
- އީރާނު: 138 މިއަދު | 3036 ޖުމުލަ
- ނެދަލަންޑްސް: 134 މިއަދު | 1173 ޖުމުލަ
- ބެލްޖިއަމް: 123 މިއަދު | 828 ޖުމުލަ
ދުނިޔޭގެ އެކި ކަންކޮޅުތަކުން 203 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.