މެދުއިރުމަތީގައި ކޮވިޑް-19ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ އީރާނުން މި ބަލީގައި މަރުވި މީހުންގެ އަދަދު 3036 އަށް އަރާފައިވާކަމަށް އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ކިއާނޫޝް ޖަހާންޕޫރު ހާމަކުރައްވައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަދު އެކަނިވެސް އީރާނުން 132 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެގެން މިއަދު އެކަނިވެސް އީރާނުން 2988 މީހަކު ރިޕޯޓްކޮށްފައިވާއިރު، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 47593 އަށް އަރާފައެވެ.

15473 މީހަކު ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާއިރު، 29084 އެކްޓިވް ކޭހެއް އީރާނުގައި އެބައުޅެއެވެ. އަދި 3703 މީހަކު އޮތީ ކްރިޓިކަލް/ސީރިއަސް ހާލެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އީރާނުން ކޮވިޑް-19ގެ ކޭހެއް އެންމެ ފުރަތަމަ ރިޕޯޓްކުރީ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.