މަޝްހޫރު ފްރެންޗައިޒް "ސްޓާ ވޯޒް"ގެ ފަހުގެ ފިލްމުތަކުން ފެނިގެންދިޔަ ތަރި، އެންޑްރޫ ޖެކް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވެއްޖެއެވެ.

މިކަން ކަށަވަރުކޮށްދީފައިވަނީ އޭނާގެ އެޖެންޓްއެވެ.

ކްރިސް ހެމްސްވާތް ފަދަ ތަރިންގެ ޑައިލެކްޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ އެންޑްރޫ ޖެކް މަރުވީ ލަންޑަންގެ ރަށްބޭރުގައި ހުންނަ ސެއިންޓް ޕީޓާޒް ހޮސްޕިޓަލުގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުންދަ ދަނިކޮށްކަން އޭނާގެ އޭޖެންޓްވަނީ ހާމަކޮށްފައެވެ.

އެންޑްރޫ ޖެކްގެ އަންހެނުން މިވަގުތު ހުރީ އޮސްޓްރޭލިއާގައި ކަރަންޓީނުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގައި މަރުވާ މީހުންގެ ޖަނާޒާ ނުބާއްވާއިރު، އެންޑްރޫ ޖެކްގެ ޖަނާޒާވެސް އޮންނާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާގެ އޭޖެންޓް ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވުމާ ހަމައަށްވެސް އެންޑްރޫ ޖެކްވަނީ ދާއިރާގައި މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. އެގޮތުން އޭނާ އެންމެ ފަހުން މަސައްކަތް ކުރަމުންދިޔައި އާ "ބެޓްމޭން"އަށް ކޯޗްކޮށްދިނުމަށް ކަމަށް ޚަބަރު ލިބެއެވެ.