މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް ކޮވިޑް-19 މުޅި ދުނިޔެއަށްހެން ފެތުރިފައިވާއިރު، މިހާތަނަށް މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 800،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

އެންމެ ގިނައިން ރިޕޯޓްކުރަމުންދާ އަދި ކޮށްފައިވާ 10 ގައުމު

  1. އެމެރިކާ: 164359 ކޭސް | 3173 މަރު
  2. އިޓަލީވިލާތް: 101739 ކޭސް | 11591 މަރު
  3. ސްޕެއިން: 94417 ކޭސް | 8189 މަރު
  4. ޗައިނާ: 81518 ކޭސް | 3305 މަރު
  5. ޖަރުމަނުވިލާތް: 67051 ކޭސް | 650 މަރު
  6. އީރާނު: 44605 ކޭސް | 2898 މަރު
  7. ފަރަންސޭސިވިލާތް: 44550 ކޭސް | 3024 މަރު
  8. އިނގިރޭސިވިލާތް: 22141 ކޭސް | 1408 މަރު
  9. ބެލްޖިއަމް: 12755 ކޭސް | 705 މަރު
  10. ނެދަލަންޑްސް: 11750 ކޭސް | 864 މަރު

މިއަދުގެ ރެކޯޑްތަކަށް ބަލާއިރު އެންމެ ގިނައިން ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓްތައް ކޮށްފައިވަނީ ސްޕެއިންނެވެ. ސްޕެއިންއިން މިއަދު އެކަނިވެސް 6461 މީހަކު ޕޮޒިޓިވްވެފައިވާއިރު އެގައުމުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 94417 އަށް ވަނީ އަރާފައެވެ. އީރާނަށް ބަލާއިރު މިއަދު 3110 މީހަކު ޕޮޒިޓިވްވެފައިވާއިރު އެގައުމުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 44605 އަށް އަރައެވެ.

މިއަދު އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވަނީވެސް ސްޕެއިންއިންވެ. ސްޕެއިންއިން މިއަދު 473 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު ދެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ބެލްޖިއަމްއިންނެވެ. ބެލްޖިއަމް މިއަދު 192 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.

މިއަދު ދެން އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރީ، 141 މީހުން މަރުވެގެން ރިޕޯޓްކުރި އީރާނުންނެވެ.

ރާއްޖެ ގަޑިން މިއަދު ހަވީރު 04:20 ގެ ނިޔަލަށް 800023 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، 169995 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ. މިހާރުވެސް ފަރުވާ ހޯދަމުންދާ މީހުންނަށް ބަލާއިރު 30289 މީހަކު އޮތީ ސީރިއަސް/ކްރިޓިކަލް ހާލުގައި ކަމަށް ޚަބަރު ލިބެއެވެ. އަނެއް 95 ޕަސެންޓް މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް ރެކޯޑްތަކުން ދައްކައެވެ. ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ކޮވިޑް-19ގެ ޝިކާރައަކަށްވެ، މަރުވި މީހުންގެ އަދަދު މިހާރު ވަނީ 38748 އަށް އަރާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާ ގައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވެފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ކޭހެއް ރިޕޯޓްކުރި ބޮޓްސްވާނާއިންނެވެ. އެގައުމުން މިހާތަނަށް 3 މީހަކުވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.