ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ލޮކްޑައުން އަމުރު ތަންފީޒު ކުރަމުންދާ އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ސޯޝަލް މީޑިއާ މެދުވެރިކުރައްވާ ޔޯގާ ޓިޕްސް ދެއްވަން ފައްޓަވައިފިއެވެ.

މިއީ ލޮކްޑައުންގައި ގެތަކުގައި ތިބިގެންވެސް ދުޅަހެޔޮ ސިއްހަތެއް ހޯދިދާނެކަން ޕްރޮމޯޓްކުރުމަށް މޯދީ ފެއްޓެވި މަޝްރޫއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޔޯގާ ޕްރޮމޯޓްކުރައްވާ ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓުގައި މޯދީ ވިދާޅުވީ، އޭނާއަކީ ފިޓްނަސް ތަޖިރިބާކާރެއް ނޫޏްކަމަށާ، ނަމަވެސް ޔޯގާއަކީ އޭނާގެ ދިރިއުޅުއްވުމުގައި މުހިންމު ކަސްރަތެއް ކަމަށެވެ. އަދި ޔޯގާގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބެމުންދާކަންވެސް މޯދީ ވަނީ ފާހަގަކުރައްވާފައެވެ. މިމޭރުމުން މޯދީ ވަނީ، ފިޓްނަސް ޓިޕްސް ހުރި އެހެން ފަރާތްތަކުންވެސް އެ މައުލޫމާތު ހިއްސާކުރުމަށް ހިތްވަރު ދެއްވާފައެވެ.

https://twitter.com/narendramodi/status/1244456351180316672

މީގެ ކުރިންވެސް މޯދީވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިފަދަ ޕްރޮގްރާމްތައް ޕްރޮމޯޓްކުރައްވާފައެވެ.

މޯދީގެ އަމުރުފުޅަކަށް މުޅި އިންޑިއާ ލޮކްޑައުންއަކަށް ގޮސްފައިވާއިރު، އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1251 އަށް އަރާފައެވެ.