ކޮވިޑް-19 އަށް ރާއްޖޭގައި ޕޮޒިޓިވް ވެފައިވާ ދެ ދިވެހިންގެ ކޮންޓެކްޓް ޓްރޭސިންގް ހެދިފައިވާ ކަމަށާއި ޖުމްލަ 77 ފަރާތެއް އޭގެތެރޭގައި ހިމެނޭ ކަމަށް ކޮވިޑް19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ޕޮޒިޓިވްވި ދެ ދިވެހިންގެ ކޭސް ދެނެގަތުމަށް ކޭސްގެ ނަންބަރު ބޭނުން ކުރުމަކީ ކުރިއަށް އޮތްތަނުގައި މައުލޫމާތު ފޯރުކޮށްދިނުމުގައި ފަސޭހަ ވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާގެ ކޭސްއަކީ ކޭސް 16 ކަމަށާއި އޭގެ ފަހުން ޕޮޒިޓިވްވި ދިވެހި މީހާގެ ކޭސްއަކީ ކޭސް 17 ކަމަށެވެ.
އެހެންކަމުން ކޭސް 16 އާ ގުޅިގެން ޖުމްލަ 29 މީހަކު ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށާއި އެ ފަރާތްތައް ހޯމް ކަރަންޓީންގައި މަޑުކުރުމަށް އަންގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ކޭސް 17 އާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރެވުނީ ޖުމްލަ 48 މީހަކު ކަމަށާއި، އޭގެތެރެއިން 5 މީހަކު އައިސޮލޭޝަން ފެސިލިޓީއަށް ލެވިފައިވާ ކަމަށާއި، 3 މީހަކު ކަރަންޓީން ފެސިލިޓީއަށް ލާފައިވާ ކަމަށާއި އަދި 2 މީހަކު ހޯމް ކަރަންޓީނަށް ދިއުމަށް އެދިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް އައި އިރު ޖުމްލަ 1093 ސާމްޕަލް ނެގިފައި ވާއިރު އޭގެތެރެއިން 17 ސާމްޕަލެއް ވަނީ ޕޮޒިޓިވެ ވެފައެވެ. އެ ސާމްޕަލްތަކުގެ ތެރެއިން 1065 ސާމްޕަލް ނެގެޓިވް ވެފައިވާއިރު ނަތީޖާ ނުލިބޭ 11 ސާމްޕަލް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 17 މީހުންނެވެ. އޭގެތެރެއިން 2 މީހަކު ރާއްޖެއިން ވަނީ ފުރާފައެވެ. ބާކީ ތިބި 15 މީހުންގެ ތެރެއިން 13 މީހުން ރަނަގޅު ވެފައިވާ މިހަރު މިބައްޔަށް ފަރުވާ ކުރަމުން ދަނީ 2 މީހެކެވެ. އެއީ ދެ ދިވެހިންނެވެ. މިހާރު ރާއްޖޭގައި އައިސޮލޭޝަންގައި ތިބި މީހުންގެ ތަފާސްހިސާބަށް ބަލާއިރު ވެލިވަރު އައިސޮލޭޝަން ފެސިލިޓީގައި 17 މީހުން އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި 3 މީހުން އެބަ ތިއްބެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 867 ފަރާތެއް އެބަ ތިއްބެވެ.
16 އާއި 17 އާ ދިޔަ ތަންތަން ބުނީމަތަ އެނގޭނީ ކޮންޓެކްޓްވީ މީހުން