މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު ޖަޕާނުގައި ކުރިއަށް ގެންދަން ހުރިހާ ތައްޔާރީތަކެއްހެން ވެ ނިމިފައިވާ ބައިނަލްއަގުވާނީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް 'ޓޯކިޔޯ 2020'، އަންނަ 2021 ވަނަ އަހަރުގެ ޖުލައި މަހަށް ތަވާލުކޮށްފިއެވެ.

ބައިނަލްއަގުވާމީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް 2021 ވަނަ އަހަރުގެ ޖުލައި މަހަށް ފަސްކޮށްފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެންނެވެ.

ޖަޕާނުގައި އޮންނަ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ދަންމަރު ރިލޭ ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސްޓިލްމެޑް އޮލިމްޕިކް

ޓޯކްޔޯ 2020 އޯގަނައިޒިންގް ކޮމިޓީގެ ރައީސް ޔޮޝީރޯ މޯރީ ވިދާޅުވީ، ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީގެ ރައީސް ޓޮމަސް ބެކްއާއި މިއަދު ފޯނުން ގުޅުއްވާ، މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އަދި ޓޯކްޔޯ އޮލިމްޕިކްސް، 2021 ވަނަ އަހަރުގެ ޖުލައި 23 އިން އޯގަސްޓް 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށްވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

މިއަހަރުގެ އޮލިމްޕިކްސް މުބާރާތް ފަސް ނުކުރުމަށް އެންމެ ފަހުވަގުތާ ޖެހެންދެކަށްވެސް ޖަޕާނުންވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ބައެއް ގައުމުތަކުން ވަނީ، މި ހާލުގައި މުބާރާތް އޮތަސް، ގޭމްތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެފައެވެ.