ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އަނެއްކާވެސް އިތުރު 2 މީހުން ރަނގަޅު ވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު ރާއްޖޭގައި މި ބަލީގައި ތިބީ 2 ދިވެހިން އެކަނި ކަަމަށެވެ. މި ބައްޔަށް ޕޮޒިޓިވްވެގެން ރާއްޖެއިން ފަރުވާ ހޯދާފައިވާ 13 މީހުން މިހާރު ވަނީ މިބަލިން މުޅިން ރަނގަޅުވެފައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޖުމްލަ 17 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން އައިލެންޑް ސަފާރީގައި ތިބި 2 ފަތުރުވެރިއެއްގެ ނަތީޖާ ޕޮޒިޓިވްކަން އެނގިފައި ވަނީ އެ ދެ ފަތުރުވެރިން ރާއްޖެއިން އިޓަލީއަށް ފުރުވާލި ފަހުންނެވެ. އެ ދެ ފަތުރުވެރިންނަކީ ކުރިން އައިލެންޑް ސަފާރީން ޕޮޒިޓިވްވި 2 ފަތުރުވެރިންނާ ކޮންޓެކްޓް ވި އިތުރު ދެ ފަތުރުވެރިން ކަމަށާއި އެމީހުން ރާއްޖެއިން ފުރާފައި ވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކުރުމަށް ފަހު ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
މިވަގުތު ރާއްޖެއިން ފަރުވާ ހޯދަމުންދާ ދެ ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދެ ދިވެހިންނެވެ. އަދި އެ ފަރާތްތައް މި ބައްޔަށް ޓެސްޓުކޮށްފައި ވަނީ ކަަރަންޓީންގައި ތިއްބާ މި ބައްޔަށް ޝައްކުވާ އަލާމާތްތައް ފެނިގެންނެވެ.
މިހާރު ރާއްޖޭގައި ކަރަންޓީންގައި ބައިތިއްބާ ހުރިހާ ފަރާތްތައް ކޮވިޑަށް ޓެސްޓު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މީގެ ސިއްރަކީ ސަބަބުގައި ހިފުމާއެކު ގިނަ ބައެއްގެ ދުޢާ.