ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އެބަލީގައި މަރުވެދިޔަ މީހުންގެ އަދަދު 30000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖެ ގަޑިން މިއަދު ހެނދުނު 07:04 ގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 30879 އަށް އަރާފައެވެ. މިއީ މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު ގާތްގަނޑަކަށް 18 ޕަސެންޓް މީހުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން 200އަށްވުރެ ގިނަ ގައުމާ ސަރަހައްދުން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު، މިވަގުތާ ހަމައަށް ވަނީ 663740 އަށް އަރާފައެވެ. މީގެ ތެރެއިން 25207 މީހެއްގެ ހާލު ސީރިއަސް/ކްރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 142183 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެސްވެފައެވެ.

ކޮވިޑް-19ގެ ކޭސްތައް މިވަގުތު އެންމެ ގިނައިން ރިޕޯޓްކުރަމުންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިޓަލީވިލާތް، ސްޕެއިން، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އަދި އީރާނު ފާހަގަކުރެވެއެވެ.