ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރިސޯޓަކާއި ކާގޯ ބޯޓަކުން ދެ މީހަކު ޓެސްޓް ކުރަމުން ދާ ކަމަށް ކޮވިޑް-19، ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާލު ވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ލަކްސް ނޯތް މޯލްޑިވްސް އާއި ވީއެފްޖީ ގްލޯރިއާ ވެސަލްއިން 2 މީހަކު ޓެސްޓް ކުރާ ކަމަށެވެ.
އެ ރިސޯޓު މިހާރު އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށާއި ރާއްޖެ އައިސްފައިވާ ކާގޯ އުޅަނދު ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެ ރިސޯޓާއި ކާގޯ ބޯޓުން ސާމްޕަލް ނަގައިފައި ވަނީ ދެ ބިދޭސީންގެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ވަނީ 16 ފަރާތެއް ޕޮޒިޓިވް ވެފައެވެ. އެއީ 15 ބިދޭސީންނާއި 1 ދިވެއްސެކެވެ. ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 11 މީހަކު ވަނީ ރަނަގަޅު ވެފައެވެ. އަދި އޭގެތެރެއިން 2 ބިދޭސީއަކު ވަނީ ބަލި ޖެހިފައި ހުރެ އިޓަލީއަށް ފުރާފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި މިބައްޔަށް ފަރުވާ ކުރަމުން ދަނީ 3 މީހުންނަށެވެ.