ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑީޒީޒް (ކޮވީޑް-19)އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 6 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

202 ގައުމަކާ ސަރަހައްދެއްގެ އިތުރުން 2 ކަނޑު އުޅަނދެއް ހިމެނޭ ގޮތަށް ކޮރޯނާވައިރަސް ޑިޒީޒްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ އަދަދު މިހާރު އުޅެނީ 600247ގައެވެ. މަރުވި މީހުންގެ އަދަދު 27481 އަށް އަރާފައިވާއިރު، ފަރުވާ ހޯދައިގެން ރަނގަޅުވި މީހުންގެ އަދަދު 137986 އަށް އަރައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވާ/ފެންނަމުންދާ 10 ގައުމު

  1. އެމެރިކާ: 104849 ކޭސް | 1753 މަރު
  2. އިޓަލީވިލާތް: 86498 ކޭސް | 9134 މަރު
  3. ޗައިނާ: 81395 ކޭސް | 3295 މަރު
  4. ސްޕެއިން: 65719 ކޭސް | 5138 މަރު
  5. ޖަރުމަނުވިލާތް: 53340 ކޭސް | 395 މަރު
  6. ފަރަންސޭސިވިލާތް: 33414 ކޭސް | 1995 މަރު
  7. އީރާނު: 32332 ކޭސް | 2378 މަރު
  8. އިނގިރޭސިވިލާތް: 14751 ކޭސް | 769 މަރު
  9. ސުވިޓްޒަލަންޑް: 12928 ކޭސް | 231 މަރު
  10. ދެކުނު ކޮރެޔާ: 9478 ކޭސް | 147 މަރު

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކި ގައުމުތަކުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ދުނިޔޭގެ އާބާދީގެ 1 ބިލިއަނަށްވުރެ ގިނަ މީހުން މިވަގުތު ތިބީ ލޮކްޑައުން ހާލަތުގައެވެ.