ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ ސަރުކާރުގައި ހިމެނޭ އޮފިޝަލަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޫޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި ކޮވިޑް-19އަށް ޕޮޒިޓިވްވި އޮފިޝަލާ ޕޫޓިންއާ ސީދާ ކޮންޓެކްޓްއެއް ހިނގާފައި ނުވާކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ ޕޫޓިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާފައިވާކަމަށެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވި 196 މީހުންނާއެކު ރަޝިއާއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1036 އަށް އަރާފައެވެ. އަދި 3 މީހެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.