އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސެއް ފެނި އެ ރަށް މޮނިޓަރިން ހާލަށް ގެނެސްފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ފެނި އެރަށް މޮނިޓަރިން ގެ ހާލަތަށް ގެންގޮސްފައި ވާ ކަމަށެވެ.

މީގެ ކުރިން ވަނީ އަދާރަން ކްލަބް ރަންނާޅި ރިސޯޓުން މި ބައްޔަށް ޝައްކުވާ ދިވެއްސެއް ފެނިފައެވެ. އަދި އެމީހާގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަަމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް މޮނިތަރިންގެ ހާލަތުގައި ހުރި ތަންތަނަކީ އައިލެންޑް ސާފާރީއާއި އީކުއޭޓާ ސަފާރީގެ އިތުރުން އަނަންތަރާ ދިގުރަށާއި، ސޭންޑީށް ބަތަލާ ރިސޯޓާއި، ސިނަމަން ހަކުރާ ހުރާ ރިސޯޓާއި، ކްލަބް މެޑް ކަނިފިނޮޅު ރިސޯޓެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ފެނިފައިވާއިރު 13 ބިދޭސޢިެއް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން ސޭންޑީސް ބަތަލާ ރިސޯޓުން މި މަހުގެ 8 ވަނަ ދުވަހު ޕޮޒިޓިވްވި 2 ފަތުރުވެރިންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ޑޮކްޓަރާއެކު ޖުމްލަ 3 މީހުން ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން މި ބައްޔަށް މިވަގުތު ފަރުވާ ކުރަމުންދަނީ 10 މީހުންނެވެ.

މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.