ހއ އަތޮޅު ރިސޯޓަކަށް އެރުން މަނާކޮށްފައި އޮއްވާ އަރައިގެން މުވައްޒަފަކު ހައްޔަރު ކޮށްފިއެވެ. ކޮވިޑްގެ ހާލަތުގައި ރިސޯޓަށް އެރުން މަނާކޮށްފައި ވަނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުންނެވެ.

ޑައިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އަންގާފައި ވަނީ އެއްވެސް ރިސޯޓަކަށް އެއްވެސް މީހަކު ނޭރުމަށެވެ. އަދި ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް ވެސް މީހުން ނެރުމަށެވެ. މިހާރު ޗުއްޓީގައި ރަށްރަށުގައި ތިބި މުވައްޒަފުންނަށްވެސް އަނބުރާ ރިސޯޓަށް ދިޔުމުގެ ފުރުސަތު މިވަގުތު ވަނީ ބަންދުވެފައެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ދަށުން ރިސޯޓުތަކުން މީހުން އުޅޭ ރަށްރަށް އަރާ ފޭބުން މަނާވެފައި އޮއްވާ، މިފަދަ ގޮތަކަށް އަމަލުކުރި ތިން މީހަކުވެސް ހައްޔަރުކުރިއެވެ. އެއީ އައްޑޫ ސިޓީއަށް ފަތާފައި އެރި މީހަކާއި ފުވައްމުލަކަށް ދިޔަ ދެ މީހެކެވެ. އެ ތިން މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ.