ހޮލިޑޭ ވިލެޖް ބޮޑުފުޅަދޫ ރިސޯޓުންނާއި އީކުއޭޓާ ނަމަަކަށް ކިޔާ ސަފާރީން ކޮވިޑް-19އަށް ޝާއްކުވާ އަލާމާތް ހުރި މީހަކު ފެނިއްޖެއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހޮލިޑޭ ވިލެޖް ބޮޑުފުޅަދޫ ރިސޯޓުން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމަތްތައް ހުރި ބިދޭސީއަކު ފެނިގެން އެރަށް މޮނިޓަރިންގެ ގެ ހާލަަތަށް ގެނެވިފައިވާ ކަމަށެވެ. އަދި އެރަށަށް ޑޮކްޓަރުންގެ ޓާސްކް ފޯސްއެއް އެބަ ދަތުރުކުރާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ހަަމއެއާއެކު އީކުއޭޓާ ސަފާރީން ދިވެއްސެއްގެ ގައިން ކޮވިޑް-19ގެ އަލާމާތްފެނިފައިވާ ކަމަށް ރިޕޮޓު ކުރެވިފައިވާތީ އެ ސަފާރިއަށް ވެސް ޑޮކްޓަރުންގެ ތީމެއް ދަތުރު ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ސަފާރީވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި 10 ފަރާތެއް ޕެރެޑައިސް އައިލެންޑް ރިސޯޓުން ވެސް ވަނީ ފެނިފައެވެ. މަބްރޫކް ވިދާޅުވީ އެއީ 2 ބިދޭސީއަކާއި 8 ދިވެހިން ކަމަށެވެ. އެމީހުންގެ ކޮންޓެކްތް ޓްރޭސީންގެގެ މަސައްކަތް އެއްކޮށް ނިްނމާ ނުލެވޭތީ ޕެރެޑައިސް އައިލެންޑް ރިސޯޓް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި އަދި އެ ރިސޯޓުގައި އެޗްޕީއޭގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން، މަބްރޫކް ވިދާލުވީ، ޝެވަލް ބްލޮންކް ރަންދެލިން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތައް ހުރި ބިދޭސީއެއްގެ ސާމްޕަލް ނަގައި، ކޮންޓެކްތް ޓްރޭސީންގް މަސައްކަތް ނިންމުމަށްފަހު އެ ަރށް ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށެވެ.

މިހާތަނަށް މި ބައްޔަށް ރާއްޖޭގައި ޕޮޒިޓިވް ވެފައި ވަނީ ޖުްމލަ 13 ފަރާތެކެވެ. މި ބަލި އަދި ދިވެއްސެއްގެ ގައިން ފެނިފައެއް ނުވެއެވެ.