ކޮވިޑް19 އަށް ޝައްކު ކުރެވިގެން އޮބްލޫ-ސަންގެލި ރިސޯޓުން ދެ ބިދޭސީއެއްގެ ސާމްޕަލް ނެމުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮބްލޫ-ސަންގެލި ރިސޯޓުން ދެ ބިދޭސީއަކު ކޮވިޑް19 އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެންނާތީ އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގް ހާލަތަށް ގެނެވިފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެއާއި ގުޅިގެން އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު ރާއްޖޭގައިވަނީ އިއުލާން ކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އިއުލާން ކޮޑްފައިވަނީ، "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން ހެލްތް މިނިސްޓަރަށް ލިބިވަޑައިގަންވާ ބާރުގެ ދަށުނެވެ. އަދި އެ ހާލަތު މުޅި ރާއްޖެއަށް އިއުލާން ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށެވެ.