ދީނީ އިލްމުވެރިންގެ ބޮލުގައި ތުހުމަތު އެޅުވުމަކީ ހިތުގައި ދީނާމެދު ނަފްރަތު ވާކަމުގެ ހެއްކެއް ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމީހަކަށް ނޭނގޭ ކަންކަމުގެ ވާހަކަ ދައްކައިފިނަމަ ﷲ ގެ ހަޒްރަތުގައި ސުވާލު ކުރެވޭނެ ކަމަށެވެ.
އިލްޔާސް މިހެން ވިދާޅުވެފައި ވަނީ ދީނީ ދަރުސް ދިނުމަށް ޖެމެއިކާގެ ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްއަކީ ގިނަ އިސްލާމީ ގައުމުތަކުން ބަލައިގަންނަ ބޭފުޅެއް ނޫން ކަމަށާއި ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެ ކުރެއްވި ޓްވީޓަށް ޑރ. މުހައްމަދު އިޔާޒުވެސް ވަނީ ރައްދު ދެއްވާފައެވެ. ޑރ އިޔާޒު ވިދާޅުވެފައި ވަނީ ދީނީ ނަސޭހަތް ރަނގަޅުގޮތުގައި ދެއްވާ ބޭފުޅުންނާއި އެ ނޫން ބޭފުޅުން ނަޝީދަށް ވަކިކުރައްވަން އެނގިވަޑައި ނުގަންނަވާނެ ކަމަށާއި އެނގިވަޑައިނުގަންނަވާ ވާހަކަތަށް ނުދައްކަވާ ހުންނެވުމުން ފަތަށްވެސް ލުއިވާނެ ކަމަށެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޑރ. ޕިލިޕްސް ރާއްޖެ ގެންނަން ނިންމަވާފައި ވާކަން އިއުލާނު ކުރައްވައިފައެވެ. ޑރ. ބިލާލް ފިލިޕްސްއަށް ދައުވަތު ދެއްވީ، ޒުވާނުނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭގޮތުން ދަރުސް ދެއްވުމަށް ކަމަށް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު އެކަން އިއުލާނުކުރެއްވުމާ އެކު ބިލާލް ފިލިޕްސް އަކީ ދީނީ ހައްދުފަހަނަ އަޅާފައިވާ ފިކުރު ފަތުރާ ކަމަށް ގިނަ ގައުމުތަކުން ދެކޭ މީހެއްކަން ފާހަގަކޮށް އޭނާ ގެންނަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.
ދުއާ ދެއްވި ވެރިއެއް ނޫންތޯ ހުންނެވީ.
ލާދީނީ ކަން ކަން ހުރިވަރު އަމިއްލަޔަށް ބޭޒާރު ވަމުން އެދަނީ ބި
ޝޭހުންގެ ކުރިމަތީ ދީނަށްވުރެ މާއްދިއްޔަތު މުހިއްމުވީމަ ވާނީ މިހެން......
މިއަދު ތިއޮތީ ކަލޭމެން ކެހި ކަނޑުލުގެ ހިތި ކަލޭމެން އަމިއްލަ ދެއަތުން ފިލުވަންޖެހިފަ އެދުވަހުވެސް މިގައުމުގެ ދުރުވިސްނެ ސޭހުން ބުނިއެތި މިވަނީ ދިމާވެފަ