ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ކަމަށް ބުނާ އަންހެން މީހަކާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑުން ބޭއަދަބީ ވާހަކަ ދައްކާ އޯޑިއޯއެއް އާންމުވެއްޖެއެވެ.
ދައުރުވަމުންދާ އޯޑިއޯގައި އަލީ ވަހީދު މިނިސްޓަރު އައިޝާ އަށް ގުޅުއްވާ "މާބޮޑަށް ހަނދާންވާތީ" ގުޅުއްވީ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައެވެ.
އަދި މިނިސްޓަރު އައިޝާ، "މިއަދު އިރުއެރީ ރަނގަޅު ކޮޅަކުންތޯ" ސުވާލު ކުރައްވައެވެ. އަދި ކޮންތަނަކުތޯ އުޅުއްވަނީ އައްސަވާ ސުވާލު ކުރެއްވުމުން، އޮފީހުގައި، ބައްދަލުވުމަކަށް ދާން އޮތް ކަމަށް ވިދާޅުވެއެވެ.
އަދި އަލީ ވަހީދުގެ އޮފީހަށް ވަޑައިގަތުމަށް ވިދާޅުވާ އަޑުވެސް އިވެއެވެ. ބައްދަލުވުން ނިމުމަށްފަހު މެސެޖެއް ކޮށްލެއްވުމަށްވެސް އަލީ ވަހީދު ވިދާޅުވެއެވެ.
ފޯނު ބޭއްވެވުމުގެ ކުރިން އަޑު ރީތި ކަމަށް ވިދާޅުވުމުން މިއަދު އިރުއެރީ ރަނގަޅު ކޮޅުން ނޫން ކަމަށް އައިޝާ ކަމަށްބުނާ މީހާބުނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަލީ ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދައުރު ކުރަމުން ގެންދަނީ ސައްހަ އޯޑިއޯއެއް ނޫން ކަމަށާއި އެއީ އަބުރު ކަތިލުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި އަޒުމް ގުޑުވާ ނުލެވޭނެ ކަމަށާއި ހައްގަށް އަބަދުވެސް ނަސްރު ލިބޭނެކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވެފައި ވާއިރު ދައުރުވަމުންދާ އޯޑިއޯގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކޮށް "ހަޑިހުތުރުބަހުން" އަލީ ވަހީދުގެ އަޑުން ވާހަކަދައްކަވާ އޯޑިއޯއެއްވެސް ވަނީ އާންމުވެފަވެއެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރުގެ "ޕޮލިސީ" ފެއިލް ކޮށްލާނެ ކަމަށް ބުނާ އޯޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
އަލީ އޮޅިގެން ނަމަވެސް ތިވިވާޅުވީ ހަމަ ތެދު ވާހަކައެއް ހައްގަށް ނަސްރުދެއްވާނެ އެއީ ﷲ ގެ ވައުދުބަސްފުޅު އެކަމަކު އަލީގެ ތިޔަ އިތުރުފުލައް ނަސްރުދެއްވަވާނެބާ؟
ގާސިމު ހުންނާނެ ފޯރި ގާސިމަށް ވުރެ ކުރިން ނިދަންއަރާ ގަހެއް އެނގުނުނަމަ އަލިވިލެންދެން ފަންކާގަނޑުން ވިހެދިނީމުސް
ފިރިހެނުން ގެ އިސްލާމީ އަގީދާ ނެތް. ޝައިތާނާގެ ވާގިވެރިން ފިރިހެނުންނަކީ
ތިބުނި އެއްޗެއް ކަލެޔަށް އެނގޭތަ
ކޮބާ ތިޔަ އޯޑިއޯ
އަލީ ވަހީދު ވިއްޔާ ހިތްވަރު ގަދަ. ނަހޫ ފެނިފަ އަހަރެންނަށް ވެސް އިރު އަރަނީ އަޑިން މައްޗަށް ވިއްޔާ. ހަހަހަ