އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެޑިޔުކޭޝަނުގެ ގަވައިދަށް ނިސްބަތްކުރައްވައި ހަޑި ހުތުރު ބަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ އޯޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

އެ އޯޑިއޯގައި އަލީ ވަހީދު ވަނީ މިނިސްޓަރު އައިޝަތު އަލީ ގެންގުޅުއްވާ ގަވައިދަކީ ބަލައި ނުގަނެވޭނެ އެއްޗެއް ކަމަށާއި ކުޑަކުދިންގެ ކުޅިވަރުގެ މުބާރާތްތަކުގައި އުމުރުފުރާއަށް ބަހާފައިވާ ގޮތާމެދު ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާ "ހަޑިހުތުރުބަހުން" ވާހަކަ ދައްކަވާފައެވެ.

އަދި އެއީ ގަބޫލު ކުރެވޭނެ އުސޫލެއް ނޫން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ނައިބު ރައީސާ ވާހަކަ ދައްކަވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކަންތަށް ކުރައްވާގޮތަށް ކެބިނެޓަށް ވަންނަވާ އަލީ ވަހީދުވެސް ކަންތަށް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

މީގެ އިތުރުން އަލީ ވަހީދު އެ އޯޑިއޯގައި ތަކުރާރުކޮށް އެޑިޔުކޭޝަން މިނިސްޓަރުގެ ގަވައިދަށް ފާޑު ވިދާޚުވެފައިވެއެވެ.

އަލީ ވަހީދުގެ އެ އޯޑިއޯ އާންމުވެފައި ވާއިރު މިރޭ ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ނިސްބަތްކުރައްވައި ހަޑި ހުތުރު ބަހުން އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ އޯޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ އޯޑިއޯގައި އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑު ބަރޭ) އާއެވެ.