އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ އެމްޑީޕީން ބާއްވާ ޕްރައިމަރީގެ ޝަކުވާ ބަލާ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޝަކުވާ ބަލާ ކޮމެޓީގައި ހިމެނެނީ މަހުފޫޒު ސައީދާއި މޫސާ އަލިމަނިކު އަދި ފާތުމަތު ޝަހީދާ ކަމަށް އެމްޑީޕީން ބުނެއެވެ. އެ ޕާޓީން ބުނީ، ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ގުޅާނީ، 7584400 ނަމްބަރު ފޯނަށް ކަމަށެވެ.

އެމްޑިޕީއިން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ މާލޭސިޓީގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގެ ލިސްޓް އާންމުކޮށްފައެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

ވޯޓުފޮށިތައް ބަހައްޓާފައިހުރި ތަންތަނަކީ:

  • ދަރުބާރުގެ- މާލޭގެ ފޮށިތައް
  • ކަލާފާނު ސްކޫލް – ގއ އަތޮޅު ، ގދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު
  • މަޖީދިއްޔާ ސްކޫލް – އައްޑޫ ސިޓީ، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު
  • އިމާދުއްދީން ސްކޫލް – ހއ އަތޮޅު، ހދ އަތޮޅު، ކ އަތޮޅު، އއ އަތޮޅު، އދ އަތޮޅު
  • އިސްކަންދަރު ސްކޫލް – ފުވައްމުލައް ސިޓީ، ރ އަތޮޅު، ބ އަތޮޅު، ޅ އަތޮޅު
  • އެމްޑީޕީ ހަރުގެ – ތ އަތޮޅު، ލ އަތޮޅު
  • މުޙިއްޔިއްދީން ސްކޫލް – ވިލިމާލެ
  • ރެހެންދި ސްކޫލް – ހުޅުމާލެ މިއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނުކުންނަ ފަރާތްތަކުގެ މެދުގައި ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓވެސްވަނީ އާއްމު ކޮށްފައެވެ. 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޓޭޓުންގެ ލިސްޓް އާއްމުކޮށްފައި މިމަހުގެ 14 ވަނަ ދުވަހުއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ނިންމާފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަަހުގެ ހަތަރު ވަނަ ދުވަހެވެ.