ޗައިނާއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް މެދުކަނޑާލަން ސަރުކާރުން ނިންމައިފިއެވެ.
އެކަން އިއުލާން ކުރެއްވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނިއުސް ކޮންފަރެންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، ކޮރިނާ ވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާތި އެކަމަށް ސަރުކާރުން ފިޔަވަޅު އެޅުމަށްޓަކައި، ޗައިނާ އިން ރާއްޖެއަށް ސީދާ ދަތުރުކުރާ ފްލައިޓްތައް މިވަގުތައް މެދުކަނޑާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރުން ޓްރެވަލް އެޑްވައިޒަރީއެއް ނެރުމަށްވެސް ނިންމާފައިވާ ކަަމަށެވެ. ޗައިނާ އާއި އަދިވެސް ރޯގާ ފެތުރެމުންދާ ގައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ އެހެން ދަތުރުތައް ނުކުރުމަށް ސަރުކާރުން އިލްތިމާސްކުރާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެއަސް އެތެރެވޭ ހުރިހާ ފަތުރުވެރިންވެސް ދިޔައީ ސްކުރީން ކުރެވެމުން ކަމަށާއި ޝައްކު ކުރެވޭ އެންމެންވެސް ވަރަސް ރަނގަޅަށް ބެލިފައިވާ ކަމަށެވެ. އަދި ޓާސްކް ފޯހުން ކުރި މަސައްކަތުން އެބައްޔަށް ޝައްކު ކުރެވޭ އެއްވެސް މީހަކު ފެނިފައިނުވާ ކަމަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ސަރުކާރުން ކޮރޯނާ ވައިރަހާއި ގުޅިގެން ނިންމާ ހުރިހާ ކަންކަމެއް ނިންމަނީ ރިސޯޓްތަކާއި ރާއްޖޭގެ ޓޫރިޒަމް ދައިރާގެ ހުރިހާ މަސްލަހަތުވެރިންނާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
"މިއަދު ރައީސުލްޖުމްހޫރިއްޔާ އެނިންމެވި ނިންމެވުމުގައިވެސް މަޓީ އަދި ބޯޓިން އެސޯސިއޭޝަން އަދި ޖެސްޓްހައުސް އެސޯސިއޭޝަން އަދިވެސް މަޓާޓޯ އަދި މިނޫންވެސް.. އަޅުގަނޑުމެން ސްޓޭކް ހޯލްޑާ ހުރިހާ އެޖެންސީތަކާއެކު ވެސް ކޮންމެ ދުވަހަކު މަޝްވަރާ ކުރުމަށްފަހު އަދި އެމްއެމްޕީއާރްސީގެ ލަފަޔާ މަޝްވަރާއާއެއްކޮށް މި ޑިސިޝަނާ ހަމައަށް މިއައީ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ވެސް ގުނޫތު ކިޔުމަށް އަންގަވާފައި ކަމަށެވެ.
ޝާހިދު ވިދާޅުވީ ސަރުކާރުން ޓްރެވަލް އެޑްވައިޒަރީއެއް ނެރުމަށްވެސް ނިންމާފައިވާ ކަަމަށެވެ. ޗައިނާ އާއި އަދިވެސް ރޯގާ ފެތުރެމުންދާ ގައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ އެހެން ދަތުރުތައް ނުކުރުމަށް ސަރުކާރުން އިލްތިމާސްކުރާ ކަމަށެވެ.