މާފުށިން ބްރައުން ވިޑޯ މަކުނެއް ނުވަތަ އޭގެ ބިހެއް ފެނިއްޖެނަމަ އަންދާލުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިިލުން މިއަދު ނެރުނު ބަޔާނެއްގައިި ބުނީ، މާފުށީ އެކި ސަރަހައްދުތަކުންނާއި ގޯތިގެދޮރުން ފެންނަމުންދާ މަކުނަކީ ބްރައުން ވިޑޯ ކަން މިނިސްޓްރީ އޮފް ހެލްތްގެ ވެކްޓާ ކޮންޓްރޯލް ޔުނިޓުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި މިކަމުން ސަލާމަތްވުމަށް ބޭނުންކުރެވޭނެ ކެމިކަލަކީ ކޮބާތޯ ބަލަމުންދާ ކަމަށް ވެކްޓާ ކޮންޓްރޯލް ޔުނިޓުން ބުނެފައިވާ ކަމަށް މާފުށީ ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން ބުނީ މިވަގުތަށް ބްރައުން ވިޑޯ މަކުނު ނުވަތަ ބްރައުން ވިޑޯ ބިސް ފެނިއްޖެނަމަ، އެ އެއްޗެއް ނަގައި، ނައްތާލުމަށާއި، ނައްތާލާނީ އަންދާލައިގެން ކަމަށް އެ ޔުނިޓުން އިރުޝާދު ދީފައިވާ ކަމަށެވެ.

https://www.facebook.com/maafushicouncil/posts/2962351477121328

މާފުށީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، މިޒާތުގެ މަކުނެއް ނުވަތަ ބިހެއް ފެނިއްޖެނަމަ، ހަން ހުރަހެއް މެދުވެރިކޮށް ނަގައި އަންދާލުމަށެވެ. އަދި ކަމާ ގުޅޭ ފަރާތްތަކާއި ގުޅިގެން މުޅި ރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މީހުން ދިރިއުޅޭ ގޯތިގެދޮރާއި އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ހުރިހާ ތަނެއްގައި މިފަދަ މަކުނެއް ނުވަތަ ބިހެއް ހުރިތޯ ބަލާ، އެތަކެތި އަންދާލުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.