ޔަމަނުގެ ދެކުނުގެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އަސްކަރީ ތަމްރީނުދޭ ކޭމްޕަކަށް އަމާޒުކޮށް، ހޫތީ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި، އަސްކަރިއްޔާގެ 60 މެމްބަރަކު މަރުވެ، އިތުރު އެތައް ބަޔަކު ޒަހަމްވެއްޖެ ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

އަލް-އިޚުބާރިޔާ ޓީވީއާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި، އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން، އަސްކަރީ ތަމްރީނުދޭ މަރުކަޒަށް ހަމަލާދީފައިވަނީ ބެލިސްޓިކް މިސައިލާ ޑްރޯން ބޭނުންކޮށްގެންނެވެ.

ޔަމަނުގެ ސަރުކާރާ ވައްޓާލާ ވެރިރަސް ސަންއާގެ އިތުރުން އެގައުމުގެ އުތުރުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް، ހޫތީންގެ ދަށަށް ގެންދިޔައީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. ޖެހިގެން އައި އަހަރު، ސައުދީ އަރަބިއްޔާ އިސްވެ އޮވެ، އަރަބި ގައުމުތަކާއެކު އަސްކަރީ ކޯލިޝަނެއް އެކުލަވާލާ، ހޫތީން ބަލި ކުރުމުގެ ނަމުގައި ޔަމަނުގެ ހަމަނުޖެހުންގަނޑުގެ ތެރެއަށް ވަނެވެ. އަދި ރައީސް އަބްދު-ރައްބު މަންސޫރު ހާދީގެ ވެރިކަން ނަގަހައްޓާ، ދެކުނުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ އެއިޑަންގައި ޔަމަނުގެ ސަރުކާރު ގާއިމުކުރިއެވެ.

ސަންއާގެ އިތުރު ޔަމަނުގެ ތަރައްގީގެ މަރުކަޒީ ސަރަހައްދުތަކުގެ ބޮޑު ކޮންޓްރޯލްއެއް އޮންނަ ހޫތީން ބުނާ ގޮތުގައި އެއީ އީރާނުގެ ޕަޕެޓް ނުވަތަ 'ގޮނޑޮކޮއްކޮ'އެއް ނޫނެވެ. ހޫތީން ބުނާ ގޮތުގައި އެމީހުން ހަނގުރާމަ ކުރަމުންދަނީ ކޮރަޕްޓްވެފައިވާ ނިޒާމަކާ ދެކޮޅަށެވެ.

ކަންމިހެން އޮތްއިރު، މާރިބްގައި އަސްކަރީ ތަމްރީނު ދިނުމަށް ގާއިމުކޮށްފައިވާ ކޭމްޕަށް ހޮނިހިރު ދުވަހު ދިން ހަމަލާގެ ޒިންމާ އަދި ހޫތީ ހަނގުރާމަވެރިން އުފުލާފައެއް ނުވެއެވެ.

5 އަހަރަށް ވުރެ ދިގުލާ ގޮސްފައިވާ ހަނގުރާމައެއް ކުރަމުން އަންނަ ޔަމަނަކީ، މި ފަހުގެ ތާރީހު ދުށް އެންމެ ހިތްދަތި އިންސާނީ ކާރިސާގެ މައިދާނެވެ.