ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކީވެސް ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭންޖެހޭ ވެކްސިންތައް ދީފައިވާ މީހަކަށް ވުމަށް ލާޒިމް ކުރަން ބޭނުންވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް އިއުލާނު ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ކަންބޮޑުވާ މައްސަަލައެއް ކަމަށެވެ.

އަދި ރާއްޖޭގައި މަސައްކަތް ކުރާ ބައެއްގެ ސަބަބުން މުޖްތަމައަށް ނުރައްކަލެއް ނެތް ކަން ޔަގީން ކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެގޮތުން އޭނާ ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރެވޭ ކޮންމެ މީހަކީވެސް ރާއްޖެއިން ނައްތާލެވިފައި ހުރި ބަލިތަކާ އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭންޖެހޭ ވެކްސިންތައް ދީފައިވާ ބަޔަކަށްވުމަށް ލާޒިމް ކުރަން ބޭނުންވާ ކަމަށެވެ.

އަދި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އޮތްތާ ކުރައްވާނެ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި އެތަށްހަސް ބިދޭސީންނެއް އުޅެމުންދައިރު، ތަފާތު ބަލިތަށް އެމީހުންގެ ފަރަާތުން ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ގިނަ ބަޔަކު ގަބޫލުކުރާ ކަމަކަށްވާއިރު މިފަދަ ބަލިތަށް ފެތުރުމަށް މަގުފަހިވާ ކަމަކަށް ބިދޭސީންވާ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ.