އަތިރިމަތީގައި އެއް އައީލާއަކަށް ނިސްބަތްވާ ކުދި ބޮޑު މެންބަރުން ނަމާދުކުރަން ތިބި ފޮޓޯއެއް އާންމުވެ އެތައް ބައެއްގެ ސަމާލުކަން އެ ފޮޓޯއަކަށް ހުއްޓިއްްޖެއެވެ.

ފޭސްބުކްގައި ދައުރުވަމުން ދިޔަ މި ފޮތޯގައި ތިބި އާއިލާއަކީ ޅ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ އާއިލާއެކެވެ. އެއް އާއިލާއެއް ނަމާދުކުރަން ތިއްބާ ނަގާފައިވާ ފޮޓޯއަކީ އެއަތޮޅު ފަޅު ރަށެއްގެ އަތިރި މަތީގައި އެ އާއިލާގެ މެންބަރުންތައް އެކީގައި ނަމާދުކުރަން ތިއްބާ ނަގާފައިވާ ފޮޓޯއެކެވެ.

ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މި ފޮޓޯއިން ފެންނަނީ އާއިލާއެއްގެ ބަޔަކު އަތިރިމަތީގައި ތިބެ ނާމާދުކުރާ ތަނެވެ. އެ ފޮޓޯގައި ބޮޑެތި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންވެސް ތިއްބެވެ. އެނގިފައިވާ ގޮތުގައި އެ އާއިލާ ނަމާދުކުރަން ތިބި ރަށަކީ ޅ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ވޭވަށެވެ.

https://www.facebook.com/huiyalididi/posts/1435158953315168

ފޮޓޯއަށް ކޮމެންޓް ކުރި ގިނަ މީހުން ވަނީ އެއާއިލާ އިން ނަމާދަށް ރައްކާތެރިވާތީ ވަރަށް ބޮޑަށް އެކަން ފާހަގަކޮށް އާއިލާއަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ކޮށްފައެވެ. އަދި މިއީ މަދުން ނަމަވެސް މިހާރަކަށް އައިސް ރާއްޖެއިން ފެންނަމުންދާ މަންޒަރެއްކަން އެއް ބަޔަކު ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު އެ ފޮޓޯ ފެނުމުން އެތައް ބައެއްގެ ހިތްތަކަށް އުފާވެރިކަން ފޯރުކޮށްދިން ކަމަށާއި ކޮންމެތާކު ތިބި ކަމުގައި ވިޔަސް ވަގުތަށް ނަމާދުކުރުމަކީ ރަނގަޅުކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

އާންމުންގެ މީހަކު މި ޕޯސްޓް ޝެއާކޮށް ކެޕްޝަންގައި ލިޔެފައިވަނީ، "ތިބާވީ ކޮންމެ ތަނެއްގައި ނަމާދު ގާއިމު ކުރާށެވެ."

އަދި އިތުރު ފަރާތަކުން ފޭސްބުކް ކެޕްޝަންގައި ޖަހާފައިވަނީ، "މާޝާﷲ، ނަމާދު ނުކުރަން އުޒުރު ދެއްކޭ ވަރުގެ ތަނަކަށް ތިބާއަށް ނުދެވޭނެ ހަމަޔަގީނުންވެސް." މިހެންނެވެ.

ފޭސްބުކްގައި މި ޕޯސްޓް ވަނީ 175 މީހުން ޝެއާކޮށްފައެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ އަތިރިމަތީގަ އާއި ބައެއް އުޅަނދުތަކުގައި ނަމާދު ކުރާ މަންޒަރު ފެންނަ ފޮޓޯތައް އާންމުވެފައި ވާކަން ފާހަގަކޮށްލެވެއެވެ. މަދުން ނަމަވެސް އޮޑިދޯނިފަހަރުތަކުގައި މީހުން ނަމާދުކުރާ ވީޑިއޯއާ ފޮޓާ ވަނީ މީގެކުރިން އާންމުވެފައެވެ.