އާ އަހަރާ ދިމާކޮށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑްތައް މިރޭ ބަންދުކުރަން ނިންމައިފިއެވެ.

އެފްއެސްއެމް އިން ބުނީ، އެ ކުންފުނީގެ ޕެޓްރޯލް ޝެޑްތައް ބަނދުކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މާލޭގައި ހުރި ޕެޓްރޯލް ޝެޑް އީޒީ ފިލް، އިޒީ ފިލް 2 އަދި އަދި އީޒީ ފިލް 4 މިރޭ 10:00 އިން ބަންދުކުރާނެ ކަމަށެވެ. ހަމައެއާއެކު ހުޅުމާލޭގައި ހުންނަ އީޒީ ފިލް 3 ޕެޓްރޯލް ޝެޑް ބަންދު ކިރާނެ ކަމަށް އެފްއެސްއެމް އިން ބުނެއެވެ. މި ޕެޓްރޯލް ޝެޑްތަކަކީ ކުރިން ރޭގަނޑު 11:00 ދެން ހުޅުވާފައި ހުންނަ ޝެޑްތަކެވެ.

މީގެ އިތުރުން ސްޓެލްކޯ ކައިރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އީޒީ ފިލް 1 މިރޭ 10:00 އިން 12:30 އާ ދެމެދު 2 ގަޑިއިރާއި ތިރީސް މިނެޓަށް ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެފްއެސްއެމްއިން ބުނެއެވެ. މިއީ 24 ގަޑިއިރު ހިދުމަތްދޭ ޝެޑެވެ.

މި އަހަރު ތެރޭ އިންޑަސްޓްރީއަލް ޒޯނުގައި ހުޅުވި އީޒީ ފިލް 4 ޕެޓްރޯލް ޝެޑާ އެކު މިހާރު މާލެއާއި ހުޅުމާލޭގައި އެފްއެސްއެމްގެ ޖުމްލަ 5 ޕެޓްރޯލް ޝެޑް ހުރެއެވެ.