މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ތައިލޭންޑްގެ ތޭމް ލުއާންގް ހޮހަޅާގައި ގިނަ ދުވަސްތަކެއް ވަންދެން ތާށިވި ޒުވާން ފުޓުބޯޅަ ޓީމާ އެ ޓީމުގެ ކޯޗު ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ރެސްކިއު ޓީމުގައި ހިމެނުނު މެމްބަރަކަށް އޭރު ޖެހުނު އިންފެކްޝަންގެ ތަކުލީފުތަކާއެކު ދުވަސްތަކެއް ހޭދަކުރުމަށްފަހު، އެ ބަލީގައި މަރުވެއްޖެއެވެ.

ތޭމް ލުއާންގް ހޮހަޅާގައި ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަންގެ ތެރެއިން ލޭގެ ނިޒާމަށް އިންފެކްޝަންއެއްގެ އަސަރުކޮށްގެން އެ ބަލީގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު މި ދުނިޔެއާއި ވަކިވީ ތައި ނޭވީ ސީލްއެއް ކަމަށްވާ އޮފިސާ ބެއިރޫތު ޕަކްބާރާއެވެ.

ތައިލޭންޑްގެ ތޭމް ލުއާންގް ހޮހަޅައިން ވައިލްޑް ބޯޒް ޓީމާ ކޯޗު ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން/ފޮޓޯ: ސީއެންއެން

އޮފިސާ ބެއިރޫތަކީ މުސްލިމެއް ކަމަށް ޚަބަރު ލިބެއެވެ.

އޮފިސާ ބެއިރޫތު މި ދުނިޔެއާއި ވަކިވީ ހުކުރު ދުވަހު ކަމަށާ، އޭރުވެސް އޭނާ ދިޔައީ ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދަމުން ކަމަށާ، ނަމަވެސް އޭނާގެ ހާލު ދިޔައީ ދަށްވަމުން ކަމަށް ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.