އަންނަ މަހު ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ހާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔަނެއްގައި ބުނީ، އެ ހޮސްޕިޓަލުގައި ލޮލުގެ ހާއްސަ ބަލިތަކަށް ފަރުވާދިނުމުގެ ގޮތުން އަންނަ ޖެނުއަރީ މަހު 7، 8 އަދި 9 ވަނަ ދުވަހު ލޮލުގެ ބަލިތަކަށް ހާއްސަ ކޭމްޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ކޭމްޕްގައި ފަރުވާދޭނީ ލޮލުގެ ބަލިތަކަށް ހާއްސަ ޗައިނާގެ މެޑިކަލް ޓީމަކުން ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މި ކޭމްޕުގައި ފަރުވާދޭ ބަލިތަކުގެ ތެރޭގެައި، ލޮލުގެ ފުސްކެހުމާއި، ޕްޓެރީޖިއަން ސާޖަރީސް، ކޮންޖަންކްޓިވަލް ފްލެޕް ޓްރާންސްޕްލާންޓް އަދި ލޮލުގެ ރެޓިނާގެ ބަލިތައް ހިމެނެއެވެ.

މި ކޭމްޕްގައި ފަރުވާ ހޯދުމަށޤޓަކައި ހުޅުމާލޭ ހޮސްޕިޓަލާއި އަތޮޅުތަކުގެ ސިއްހީ ހިދުމަތް ފޯރުކޮށްދެއްވާ ތަންތަނުގައި ލޮލުގެ ބަލިތައް ދެނެގަތުމަށްޓަކައި މިހާރު ދަނީ ނަންނޯޓް ކުރެވި، ސްކްރީން ކުރެވެމުންނެވެ.

މި ކޭމްޕުގައި ނަންނޯޓު ކުރެއްވުމަށް ހުޅުމާލޭ ހޮސްޕިޓަލުގެ ނަމްބަރު 1417 އަށް ގުޅުމުން ނަން ނޯޓު ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.