ލާދީނިއްޔަތުގެ ވާހަކަ އާ އެއްވަރަށް ނުވަތަ އެއަށް ވުރެ ބާރަށް ދެކެވެން ޖެހެނީ އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނައަޅުމުގެ ވާހަކަ ކަމަށް އިލްމުވެރިޔާ މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

އަނީލް މިހެން ވިދާޅުވީ މިހާރު ކްރޮސްރޯޑްސްގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ މަހާސިންތާގައި ހަރުކަށި ފިކުރަށް ތަބާވަމުންދާ މީހުންގެ ފަރާތުން ފެންނަ މައްސަލަތަކާއި އޭގެ ސަބަބުން މުޖުތަމައު ތެރޭގައި އުފެދޭ މައްސަލަތަކަށާއި ޓެރަރިޒަމްގެ ނުރައްކަލާއި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމް އޮތް މިންވަރު އަންގައިދިނުމަށް ޕްރެޒެންޓޭޝަން އެއް ހުށަހަޅާ ދެއްކި ވާހަކަ ތަކަށް ޖަވާބު ދެއްވަމުންނެވެ.

އަނީލް ކުރެއްވި ޓްވީޓުގައި ބުނެފައި ވަނީ ރާއްޖޭގައި އިސްލާމްދީނާ ދެކޮޅަށް ހިންގާ ޖަރީމަާތަކުގެ ވާހަކަ ދެކެވޭއިރު، ލާދީނިއްޔަތުގެ ވާހަކަ ދެކެވޭ ވަރަށް، ނުވަތަ އެއަށްވުރެ ބާރަށް، އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނަޅައި ދާ ވާހަކަ ދެކެވެންޖެހޭ ކަމަށެވެ. އަދި އެ ދެ ފިކުރާ ދެކޮޅަށް ހިކުމަތްތެރި، ބުރަ މަސައްކަތްތަކެއް ކުރެވެން ޖެހޭ ކަމަށްވެސް އަަނީލް ވަނީ ވިދާޅުވެފައެވެ.

ހަރުކަށި ފިކުރުމުގެ 1،400 އެއްހާ މީހުން ދިވެހިންގެ ތެރޭގައި މިހާރުވެސް އެބަ ތިބި ކަމަށް، މިހާރު ކުރިއަށް ދާ ބައްދަލުވުމުގައި، ފުލުހުންނަށް މިހާތަނަށް އެއް ކުރެވިފައިވާ ތަފާސްހިސާބުތަކުން އެނގިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.