މިއަހަރު މުޅި އިންޓަނެޓް ފަތަހަ ކުރި އެއް ޝަހްސަކީ ފިލްމް "މެންޑަލޯރިއަން" ބެލި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދީ 'ބޭބީ ޔޯޑާ'އެވެ.

ހަގީގީ ބޭބީ ޔޯޑާއެއް ދުވަހަކުވެސް ނުފެންނާނެ ކަން އެންމެންހެން ގަބޫލުކުރަމުންދަނިކޮށް ސޯޝަލް މީޑިއާގެ ދުނިޔެ ސިއްސުވާލީ ބެލާ މެއިޒާ ނަމަކަށް ކިއާ ޒުވާނަކު ސޯޝަލް މީޑިއަށް ދޫކޮށްލި ފޮޓޯއަކުންނެވެ.

އޭނާގެ ލޯބިވެރިޔާ އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް، ކަންކަމާ ދެރަވެގެން ތުވާލިތަކުގެ ދަށަށް ވަދެ ފިލާ އޮންނައިރު އެ ބުޅާ ހަމަ ހަގީގަތުގައިވެސް 'ބޭބީ ޔޯޑާ'އާއި ވައްތަރުކަމަށް ބުނެ ބެލާ ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއަށް ގިނަ ބަޔަކު ދަނީ އިއްތިފާގުވަމުންނެވެ.

'ޕާމަޒާން'ގެ ނަންދީފައިވާ މި ބުޅަލާ 'ބޭބީ ޔޯޑާ' ވައްތަރުކަން ބެލާގެ ލޯބިވެރިޔާއަށް އެންމެ ފުރަތަމަ ހީވާން ފެށީ ނިންޓެންޑޯ ގޭމެއްގެ ތެރެއިން ކަމަށް ވީ ނަމަވެސް، މި ދެމީހުން އަދި"މެންޑަލޯރިއަން" ފިލްމުވެސް ނުބަލައެވެ.

ފިލްމް "މެންޑަލޯރިއަން" އިން ފެނިގެންދާ 'ބޭބީ ޔޯޑާ'/ފޮޓޯ: ވެނިޓީ ފެއާ

ކަންމިހެން އޮތްއިރު ފާހަގަކުރަންޖެހޭ އަނެއް ކަމަކީ 'ބޭބީ ޔޯޑާ'ގެ ސިފައަށް ފަރުމާކޮށްގެން އުފައްދާފައިވާ ހާއްސަ ކުޅޭއެއްޗެއް 300 ޑޮލަރަށް ބާރު ސްޕީޑްގައި ވިކެމުންދާކެމެވެ. އެވެސް ވެއިޓްލިސްޓްކޮށްގެން ޕްރީއޯޑަރަށެވެ. ކިތަންމެ ފައިސާއެއް ޚަރަދު ކުރިއަށް 'ބޭބީ ޔޯޑާ'ގެ ކުޅޭކުޅޭ މޮޑެލްގައި އަތްޖައްސާލަން ލިބޭނީ މީގެ 14 މަސްދުވަސް ފަހުންނެވެ.

އެހާ ދުވަހާ ޖެހެންދެކަށް 'ބޭބީ ޔޯޑާ'ގެ ފޭނުންނަށް މި ޖެހެނީ 'ޕާމަޒާން' ބުޅަލަށް ބަލައިގެން ހިތްހަމަޖައްސާލާށެވެ.