މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ދިފާއުކޮށް ވަކާލާތު ކުރާ ފަރާތްތަކާމެދު ސަމާލުވުމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ވިދާޅުވެއްޖެއެވެ.
އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީއެން ދިފާއުކޮށް ވަކާލާތު ކުރާ ބޭފުޅަކާމެދު ރައްޔިތުން ސަމާލުވެ ތިއްބެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މުސްލިމުންނަކީ ފާޅުގައި ދީނާ ހިލާފަށް ފަލްސަފާ ފަތުރާ މީހަކަށް ތާއީދު ކުރާ ބައެއް ނޫންކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުުގައި ބައެއް އާންމުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެއްވެސް ޖަމިއްޔާއެއް އުވާލަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި ފަހުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ޖަމިއްޔާއަކުން އޭގެ ޒާތުގައި ކުށެއް ނުކުރާނެ ކަމަށާއި ކުށް ކުރާނީ އެ ޖަމިއްޔާއެއްގައި އުޅޭ މީހެއް ކަމަށެވެ. އެހެންކަމުން ޖަމިއްޔާއެއްގައި އުޅޭ މީހަކު ކުރާ ކުށެއްގެ އަދަބު ދޭން ޖެހޭނީ މީހަކަށް ކަމަށާއި އޭގެ ސަބަބުން ޖަމިއްޔާއަށް އަދަބެއް ދޭން ވިސްނުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމްޑީއެންވެސް އަދި ސަލަފުވެސް އުވާލުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާކޮށް ލިޔެފައިވާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ބަލައި ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ އުވާލަން ނިންމާފައި ވީނަމަވެސް އަދި އުވައެއް ނުލައެވެ.
އިސްލާމް ދީނާއި އަދާވާތްތެރި ތޮށި ގަނޑެއްގެ ތެރޭގައި ނިކަން ސޯލިހް މީހަކު ބޮނދާ އޮވެގެން އިސްލާމް ދީނުގެ ދިފާއުގައި ކުރާ މަސައްކަތް ޝޭޚް މެނަށް އެނގޭ ނަމަ ކިހާ ރަގަޅު! މިރާއްޖޭގެ ތާރީޚްގައި، މިހައިތަނަށް ޢިލްމުވެރިން ތަކެއްގެ މަދަޙަ އާއި ތަޢުރީފާއި ޘަނާ ލިބިގެން، މިއައްވުރެ ބޮޑަށް الله سبحانه وتعالى އަށާއި، އެކަލާނގެ، أية ތަކަށާއި ، نبي صلى الله عليه وسلمއަށް ފުރައްސާރަކޮށް ހަޖޫ ޖަހާ މަލާމާތްކޮށް އުޅުނު އެއްވެސް ސަރުކާރެއް މި ގައުމުގައި ފާޅުވެފައި ނުވެއެވެ، މަލާމާތްކޮށް ފުރައްސާރަ ކުރަންވީ މި ނުބައި ޝައިތާނުން މި ގައުމުގެ ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތް ހަނދާން ކޮށް، އަމިއްލަ ނަފްސަށެވެ، ދެންވެސް ޒިއްމާ އިން ބަރީއަ ނުވެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭށެވެ.
ރައްޔިތުންނަށް މި ބަލާވެރިކަމާ މުސީބާތް ތަޙައްމުލު ކުރަން ޖެހުނީ ޝެއިޚް މެންގެ ވެސް އެއްބާރުލުމާއި އެކުގައިކަން ހަނދާން ބެހެއްޓުން އެދެން، މި قومގެ مؤمنތަކުންނަށް މިއަދު ތަޙަމުލް ކުރަން ޖެހިފައިވާ މުސީބާތް ކުރިމަތި ކުރުމުގައި ބައިވެރި ވެފައިވާ ފަރާތްތަކާއި މެދު، الله سبحانه وتعالى غافلވެ ވޮޑިގެން ނުވެއެވެ،
ތިޔަ ރޭކާލީ މާ ފަހުން..