މާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މަރުގެ އިންޒާރު ދިން މައްސަަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިއަދު މެންދުރު ފަހު 3:57 ހާއިރު މާލޭގެ ބުރުޒުމަގާއި ކަލާފާނު ހިނގުނ ގުޅޭ ކަންމަތިން ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ. އެވަގުތު އެކްސިޑެންޓް ވީ ސައިކަލުގެ ފަހަތުގައި އިން ދިވެހި ފިރިހެނެއް ޕިކަޕު ދުއްވަން އިން ޑްރައިވަރަށް މަރުގެ އިންޒާރުދީ ޕިކަޕުގައި ފައިން ޖަހާފައިވާ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މިއްސަލައިގައި މަރުގެ އިންޒާރުދިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެއީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސައިކަލު ދުއްވަން އިނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ޕިކަޕު ދުއްވަން އިނީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ދެމިޙުންނަކީ ވެސް ލައިސަންސް އޮތް ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަރުގ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު ދާދި ފަހުން ވަނީ ޓެކްސީ ދުއްވާ ޑްރައިވަރެއް މަރާލާފައެވެ. އޭނާ މަރާލާފައިވަނީ ހުޅުމާލޭގެ މީހުން ދިރިނޫޅޭ ހިސާބަކުންނެވެ. ކަރަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލުމަށްފަހު މަރާލާފައި އޮއްވާ ފެނިފައިވާ ޑްރައިވަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.