ހޮލީވުޑްގެ މަޝްހޫރު "ޖޭމްސް ބޮންޑް" ފްރެންޗައިޒްގެ 5 ވަނަ ފިލްމް "ނޯ ޓައިމް ޓު ޑައި"ގެ ޓީޒާ އާންމުކޮށްފިއެވެ.

ޑަބަލް-އޯ-ސެވަން އޭޖެންޓްގެ ގޮތުގައި ޑެނިއަލް ކްރެއިގްގެ އާދަޔާ ހިލާފު ހުނަރުވެރިކަން ދައްކާލާ ފިލްމް "ނޯ ޓައިމް ޓު ޑައި"ގެ ޓީޒާއަކީ، ބޮންޑް ފްރެންޗައިޒްގެ ފޭނުންގެ ހިތްތައް އިތުރަށް ނުތަނަވަސްކޮށްލާ ވަރުގެ ޓިޒާއެއް ކަމަށް ބުނެވެއެވެ.

14 ސިކުންތަށް ދެމިގެންދާ މި ޓީޒާ ބުނާ ގޮތުން ނަމަ އެކްސްޓެންޑަޑް ވާޝަން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

ޖޭމްސް ބޮންޑްގެ "ރަސްމީ" ޓްވިޓާ ހޭންޑްލްއިން ޕޯސްޓްކުރި ޓީޒާއާއިއެކު، މިއީ ބޮންޑްގެ އެނބުރި އައުން ކަމުގައި ވަނީ ފާހަގަކޮށްފައެވެ. މިއާއެކު 'ބޮންޑްޓްވެންޓިފައިވް' އާއި 'ބޮންޑްޖޭމްސްބޮންޑް' ފަދަ ހޭޝްޓެގްތައް ދަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ.

ޖޭމްސް ބޮންޑް ފްރެންޗައިޒްގެ ރިހި ޔޫބީލް ފާހަގަކުރާ ފިލްމް "ނޯ ޓައިމް ޓު ޑައި" ސްކްރީންތަކާ ހިސާބަށް އަންނާނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ކުރީކޮޅުގައެވެ.