2009 ވަނަ އަހަރު ކުށްލި ގޮތަކަށް މިދުނިޔެއާއި ވިކިވި ޕޮޕްލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް މިއުޒިކަލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮލީވުޑްގެ ކުޅަދާނަ ބަތޮލް ޖޮނީ ޑެޕް ބުނެފިއެވެ.
މި މިއުޒިކަލްއަކީ އެމްޖޭގެ ރަމްޒެއްގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ ސެކުއިން އަންގީގެ ނަޒަރުން ކިޔައިދޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ މިއުޒިކަލްއެއް ކަމަށް މައުލޫމާތު ލިބެއެވެ.
ޕްލޭރައިޓާ ޖޫލިއަން ނިޓްޒްބާގް ލިޔެފައިވާ މި މިއުޒިކަލްއަކީ މައިކަލް ޖެކްސަންގެ ދިރިއުޅުމުގައި ހިނގާދިޔަ ހާދިސާތަކާ، އޭނާއަށް ކުރިމަތިލާންޖެހުނު ކަންކަމާ ކުރިމަތިވެގެން އައި ގޮތް ހިމަނާފައިވާ އުފެއްދުމެއް ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެއެވެ.
އެމެރިކާގެ ތިއޭޓަރުތަކުގައި "ލަވް އޮފް ގްލަވް" މިއުޒިކަލް ހުށަހަޅަން ފަށާނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.