ޑރ.އިޔާޒް، ރައީސް މުހައްމަދު ނަޝީދަށް އިސްލާމް ދީނަށް ދައުވަތު ދެއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ލ.ގަމު ތުނޑީއަވަށުގެ މީހުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ޑރ.އިޔާޒު ވަޑައިގެން އިސްލާމް ދީނަށް ގޮވާލައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށައި މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށެވެ. އަދި އެއްވެސް މީހަކަށް މި ގައުމުގައި އިސްލާމް ދީނަށް ދައުވަތު ދޭން ނުޖެހޭނެ ކަމަށާއި އިސްލާމް ދީނަށް އުޅުމުން، ރާއްޖެ ދާނީ ބިނާ ވަމުން ކަމަށްވެސް ނަޝީދު ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެ ބޭފުޅުން ދައުވަތު އެ ދެއްވަނީ ހަނގުރާމަ އަށް ކަމަށާއި އަފަރާޝީމްގެ ރިޕޯޓުގައި ކިޔައި ދެނީ ހަނގުރާމަ އަށް ދައުވަތުދޭން ކަމަށެވެ. އަދި ރައްޔިތުންނަށް ދަންނަވަން އޮތީ މިކަމާއި ވިސްނެވުމަށް ކަމަށާއި، ރާއްޖެ ހަރާބުގެ މަގަށް ނުގެންދިއުމަށްވެސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އަދި ހަމަ އެހެންމެ ސަލާމަތުގެ އައްސޭރި އެބަ އޮތް ކަމަށާއި ތަނަވަސް ދިރިއުޅުމެއް އުޅެވެން އެބަ އޮތަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ގުދުރަތީ ވަސީލަތްތަކުގެ ގިނަ ކަމާއި ރާއްޖެއަކީ މުއްސަނދި ގައުމެއް ކަމަށް ވަނީ ފާގަ ކުރައްވާފައެވެ.
މިކަމާ ގުޅިގެން ޑރ. އިޔާޒު ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ކިތަންމެ ކޯފާ ވިޔަސް ﷲ ގެ ދީން މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގައި ފަހު ނޭވާއާ ހަމައަށް ﷲ ގެ ރަހުމަތާއެކު ދެމިހުންނަވާނެ ކަމަށެވެ.
ރައީސް ނަޝީދު، އަފްރާޝީމުގެ ރިޕޯޓުގެ ވާހަކަ ފާހަގަ ކުރެއްވި އިރު، ސަލަފް ޖަމިއްޔާއަކީ ހަރުކަށި ފިކުރުގެ ބައެއްކަމަށް ވިދާޅުވެ، ފިޔަވަޅު އަޅަން މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީން ނިންމާފައި ވާކަން މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. އެކަމާ ގުޅިގެން ދީނީ އިލްމުވެރިންގެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަދި ސަލަފުން ވަނީ ރައްޔިތުން ދީނީގޮތުން ހޭލުންތެރި ކުރުވުމަށާއި ރާއްޖޭގެ އިސްލާމީ ވެށި ސެކިއުލާ ފިކުރުތަކުން ރައްކާތެރި ކުރުމަށް އެ ޖަމިއްޔާއިން ކުރާ ބުރަ މަސައްކަތަށް ހިތްވަރު ދިނުމުގެ ބަދަލުގައި ކުރާ މަސައްކަތުގެ އަގު ވައްޓާލައި، ކުރަމުންދާ މަސައްކަތް ތަކަށް ހުރަސް އަޅާތީ، އެކަން އެގޮތަށް ނުކުރުމަށް މަރު ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައެވެ.
ނަމްރޫދުގެ ބުނުމަަކާ މާބޮޑު ތަފާތެއް ނެތް!
ﷲގެ އަދުއްވުންގެ ވާހަކަތަކަށް ރައްދު ދެވޭނެ ބަޔަކީވެސް އިލްމުވެރިން. އިސްލާމްދީނަކީ ގިނަގިނައިން ހަނދާން ކޮއްދޭ ދީން އޭގެފައިދާ ކުރާނެ ބަޔަކީ މުސްލިމުން މުނާފިގުންނަކަށް އެއްވެސް ފައިދާއެއް ނެތް. އެމީހުން ތިބޭނީ ދީން ނައްތާލުމުގެ މަސައްކަތުގަ އަނދިރި ފަރާތުގަ މުނާފިގުންނަކީ މުސްލިމުންނެއް ނޫން އިނގޭތޯ އެއީﷲގެ އަދުއްވުން ބަލިވެ ފަލީހަތްވެ ނިކަމެތިވެ ދެރަވާނެ ބަޔަކީ ލާދީނީ މީހުން ކަޅުބެ ދާނީ ހަމަ ކުރިޔައް ބާރަށް ކުރިޔައް އިންޟާﷲ