މައި ސަރުކާރާ ދެކޮޅަށް ހޮންގްކޮންގްގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ސަރުކާރުގެ ސަޕޯޓަރުންނާ ސަރުކާރާ ދެކޮޅު ފަރާތްތަކާ ދެމެދު ހިންގި ކުރިމަތިލުމެއްގައި ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބި، އުމުރުން 70 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ސާފުކުރާ މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މި ފިރިހެން މީހާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބުނީ މެންދުރުގެ ލަންޗް ބްރޭކަށް ނިކުމެ އުޅުނު ވަގުތު މުޒާހަރާގެ ބައިވެރިން ބަދަލުކުރި ހަމަލާތަކެއްގައެވެ.

މިމީހާއަށް އަނިޔާވި މަންޒަރުތައް ވީޑިއޯއަށް އަރާފައިވާއިރު، އޭނާއަކީ މުޒާހަރާގެ އެއްވެސް ފަޅިއެއްގައި ބައިވެރިވި މީހެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާއަށް ހަމަލާ އަމާޒުވީ އިދިކޮޅު ފަރާތްތަކާ ސަރުކާރުގެ ސަޕޯޓަރުންނާ ދެމެދު ގަލުގެ ހަމަލާތަކެއް ބަދަލު ކުރަމުންދިޔަ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

1997 ވަނަ އަހަރު އިނގިރޭސިން ހޮންގްކޮންގްގައި ވެރިކަން ހިންގަމުންދަނީ މައި ސަރުކާރުންނެވެ. ހޮންގްކޮންގްއަކީ ޗައިނާގެ މައި ސަރުކާރުގެ ދަށުން ހިންގާ، ވަކި އިދާރީ ދާއިރާއެއް ނަމަވެސް، ޑިމޮކްރަސީގެ އޮއެވަރުގައި ޖެހިފައިވާ ހޮންގްކޮންގްއިން ވަކާލާތު ކުރަމުންދަނީ ޗައިނާގެ ކިބައިން ފުރިހަމަ މިނިވަންކަން ހޯދުމަށެވެ.