އުއްތަމަފަނޑިޔާރާ ނޯޓިސް ހަވާލު ކުރަން މިއަދު ދިޔައީ ޖޭއެސްސީން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ. އަދި އެ ނޯޓިސްއާ އުއްތަމަފަނޑިޔާރު ހަވާލުވެވަޑައިގަތުމަށް ދެކޮޅު ހެއްދެވި ކަމަށްވެސް ޖޭއެސްސީން ބުނެެއެވެ.
ޖޭއެސްސީން ބުނީ އެ ނޯޓިހަކީ، އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން އެކޮމިޝަނުން ބަލަމުން ގެންދާ ސުލޫކީ މައްސަލައިގައި ތަހުގީގު ކޮމެޓީއަށް ހާޒިރު ކުރުމަށް ހަވާލު ކުރަން ދިޔަ ނޯޓިހެއް ކަމަށެވެ.
އަދި އެ ނޯޓިސް ހަވާލު ކުރަން ދިޔަ ފަރާތުން އޭނާގެ އައިޑީކާޑު ދައްކާ، އޭނާ އަކީ ކާކުކަން ބުނެދިން ކަމަށާއި ނަމަވެސް އުއްތަމަފަނޑިޔާރު އެ ނޯޓިހާ ހަވާލުވެވަޑައިނުގެން، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ދޮރު ލެއްޕެވި ކަމަށެވެ.
އެކޮމިޝަނުން އިތުރަށް ބުނީ، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ އިމާރާތުގެ އެހެން އެޕާޓުމަންޓެއްގައި ދިރިއުޅުއްވާ ސްޕްރީމްކޯޓުގެ އެހެން ފަނޑިޔާރަކަށް، އޭނާއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައެއްގައި ނޯޓިސް ހަވާލުކުރި ކަމަށެވެ. އެ ފަނޑިޔާރުވެސް ހާޒިރު ކުރަނީ ތަހުގީގު ކޮމެޓީއަށެވެ.
މިއަދު ގޮތް ނޭނގޭ ބަޔަކު އުއްތަމަފަނޑިޔާރުގެ ގެކޮޅަށް ވަންނަން އުޅުނު ކަމަށް މީޑިއާގައި ރިޕޯޓު ކުރެވިގެން ދިޔަ އިރު ސްޕްރީމް ކޯޓާ ހަވާލާދީ ބުނެފައިވަނީ އެ ގެކޮޅަށް ވަންނަން ދިޔަ ބަޔަކު ގެއަށް ވަނީ ކޮންބައެއްކަން ނޭނގޭ ގޮތަށް ކަމަށެވެ. އަދި ލިޔުމެއް ހަވާލުކުރަން މަސައްކަތް ކުރި ކަމަށްވެސް ބުނެފައި އޮތެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއް ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ.
ބޮޑާހާކަނީ އަވަހަށް ބޭރުކުރޭ
މިހާރު ތި ޖޭއެސްއީގަ އުޅޭ ރައްޔަތުންގެ ފައިސާއިން ޑަބަލް މުސާރަނަގާ ނަޝީދުއާއި ޖޭއެސްއީގަ ތިތިބި މީހުންގެ ސުލޫކީ މައްސަލަތައް ރައްޔަތުން ނުކުމެ ބަލަންވެއްޖެހެން ހީވޭ. ސުލޫކީ މައްސަލަ މިހާރު އެއްމެބޮޑީ ޖޭއެސްސީ މެމްބަރުންނާއި ރައްޔަތުންގެ މަޖްލިސްގެ މެމްބަރުންގެ. ރަޢްޔަތުން ނުކުމެ މި މީހުންގެ މައްސަލަ ބަލަންވެއްޖެ. މި މީހުންގެ މައްސަލަ ސަރުކާރަކުންވެސް ސްޕްރީމް ކޯޓަކުންވެސް ނުބަލާނެ.