މާފަނު ގެއެއްގައި ދާދި ދެންމެ އަކު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. ކަނޑުމޫނުފުށި ނަމަކަށް ކިޔާ ގެއެއްގެ ބަދިގޭގައެވެ.

އެމްއެންޑީއެފުން ބުނީ، މި ހަދިސާގެ ރިޕޯޓުކޮށްފައި ވަނީ މިއަދު ހަވީރު 4:42 ހާއިރު ކަމަށެވެ. އަދި އެންމއެންޑީއެފް ފަޔާ އެންރެސްކިއު ޓީމުން އެ ގެއަށް ދިޔައިރު އަލިފާން ވަނީ ނިވާލާފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މާލޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ އިރު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހެންވޭރުގައި ވަނީ ވަރަށް ބޮޑު ހާދިސާއެއް ހިނގާ 4 ގުދަނަކާއި 6 ގެއެއް އަނދާ އަލިއަށް ވެފައެވެ. އެ ހާދިސާގައި އެތައް އާއިލާއަކަށް ގެއްލުން ލިބިފައިވާއިރު، މިހާރު ވަގުތީ ބޯ ހިޔާވަހިކަމުގައި 141 މީހުން ތިބި ކަމަށް ޑިޒާސްޓާއިން ބުނެއެވެ.

އިއްޔެ އެމްއެންޑީއެފުން ވަނީ ގަލޮޅު ސްޓޭޑިއަމް ސަރަހައްދުގައި ހުރި ގެއެއްގައި އަލިފާން ނިއްވުމުގެ ތަމްރީން ޕްރޮގްރާމެއްވެސް ހިންގާފައެވެ.