މިއަދު ފަތިހުގެ ވަގުތެއްގައި އީރާނަށް އައި ބާރުގަދަ ބިން ހެލުމެއްގައި 4 މީހުން މަރުވެ 70އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

އީރާނު ގަނޑިން މެންދަމުން އަލިވެ 02:30 ހާއިރު، ރެކްޓާ މިންގަނޑުން 5.9ގެ ބާރު މިނުގައި ބިންހެލުން އައިސްފައިވަނީ އެގައުމުގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދޭ ގޮތުގައި އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސަށް ބިންހެލުން އައިސްފައިވަނީ، ބިމުގެ ސަތަހައިގެ އެންމެ 35 މޭލު ނުވަތަ 60 ކިލޯމީޓަރު އަޑިންނެވެ.

މިހާދިސާގައި މަރުވި މީހުންނާ ޒަހަމްވީ މީހުންގެ އަދަދު އަދިވެސް މައްޗަށް ދިއުން އެކަށީގެންވެއެވެ. މި ހާދިސާއާއި ގުޅިގެން ލިބުނު އުމްރާނީ ގެއްލުމުގެ މައުލޫމާތުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.