ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ އިސްތަށިފުޅުގައި ވައްކަމުގެ އިލްޒާމް އަޅުވައި މަޖިލީހުގެ މެންބަރަކު ވާހަކަ ދެއްވެމުމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހު އިލްޔާސް ހުސައިން ދެއްކެވި ވާހަކައަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މަލާމާތް ކުރައްވައިފިއެވެ.
ޝޭހު އިލްޔާސް ދެއްކެވި ވާހަކައަށޤ ރައްދު ދެއްވާ އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައީސް ސޯލިހް ވެރިކަމަށް ގެނައީ އެމްޑީޕީން ކުރި މަސައްކަތާ އެކު ކަމަށެވެ. އަދި މި ވެރިކަން ދަމަހައްޓާނީވެސް އެމްޑީޕީ ގެ މަސައްކަތުން ކަމަށާއި އިލްޔާސަކީ "ފޭކު ޝޭހެއް" ކަމަށެވެ.
އަދި މި ވެރިކަން ގެނައުމުގައި އިލްޔާސް ގެ ދައުރު ނެތް ކަމަށާއި، އޭނާ އުޅުއްވަނީ ފިތުނަ އުފައްދަވަން ކަމަށްވެސް އިމްތިޔާޒް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ޖާބިރު ދެއްކެވި ވާހަކައަށް ރައްދުދެއްވާ އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސޯލިހަކީ ރާއްޖޭގެ ރައްޔިތުން ހޮވާފައި ވާ ރައީސެއް ކަމަށެވެ. އަދި ވަގެއް ކަމަށް ބުނެ އެފަދަ ދޮގު އިލްޒާމެއް، ރައްޔިތުން މަޖިލީހުގެ މެންބަރަކު ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އަޅުވަމުން ގެންދެވިއިރުވެސް މަޖިލީހުގެ މެންބަރުން ހަނު ތިއްބެވީ ކަމަށެވެ. އަދި އެ އަމަލަކީ ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއް ކަމަށާއި ރައްޔިތުން ހޮވާފައިވާ ވެރިއެއްގެ ދިފާއުގައި ރައްޔިތުން މަޖިލީހުގެ މެންބަރުން ނުނިކުންނެވި ކަމުގައި ވިޔަސް ރައްޔިތުން ނުކުންނާނެ ކަމަށެވެ.
އިއްޔެގެ ރައްޔިތުން މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކައިގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ހުރިހާ އެކްޓިވިސްޓުން އަރިހުން ނުކުތުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި އޮޕަރޭޝަންތައް ޖައްސައިގެން ރައީސް މަގާމުން ދުރުކުރުމަށާއި ރައީސް ވަނީ 'ވައްކަން ކުރައްވާފައި' ކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ، ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގައި 26 އަހަރު އިންނެވުމަށް ފަހު، އެމްޑީޕީއަށް ލިބުނު ވެރިކަން މަކަރާއި ހީލަތުން ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުން ފޭރިގެންފައިވާ ކަމަށެވެ. ގާސިމް އިބްރާހިމާ އަދި އަދާލާތު ޕާޓީއާގެ ތެރެއިން އެމްޑީޕީގެ ވިސްނުން "އިރެޑިކޭޓް" ކޮށްލަން ވިސްނާފައި ތިބި މީހުން ގެންގޮސް ސަރުކާރަށް ލައްވާފައި ވާ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
މާގަދަ ބަސް ނުބުނޭ. ވެރިކަމަކީ ﷲ ދެއްވާ އެއްޗެއް. ވެރިކަން ވެއްޓޭނީވެސް އަދި ދެމެހެއްޓޭނީވެސް ﷲ ގެ ވާގިފުޅާ ލައިގެން. ދީނީ ޢިލްމު ވެރިންނަށް މަލާމާތްކޮށް ފުރައްސާރަކުރުން ހެޔޮނުވާނެ.
500% ތެދެއް އިންތިބުނީ ފައިސާ ގޯންޏަކާއި 10 ބުރީގެ ގެއެއް ނުލިބިގެން ތަނަވަސް މީހުންނާއި ޖައްސައިގެން އެވާހަކަ އަބަދު. މިމީހުންނަކީ އުފަން ރަށުން ވެސް އެއްވެސް ސަޕޯޓެއް އޮތް ބައެއް ނޫނުް އެފައިސާ މިފައިސާ
އަޅުގަނޑަކީ އިއްޒަތްތެރި މެނބަރު އިމްތިޔާޒަށް ތާއީދު ކުރާމީހެއްނޫން އަދި އެމްޑީޕީ އަށްވެސް ތާއީދު ކުރާމީހެއްނޫން. އެކަމަކު އިންތި ތި ވިދާޅުވީ 100% ތެދު ހަގީގަތެއް ވަރަށް ބޮޑުތެދެއް. އިލިޔާސް އަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ ހަމަ ވަރަށް ފޭކު ޝެއިޚެއް.
ހައިރާންނުވޭ ތުއްތުކުދީންނަކަށް އަލިފާނެއް ފެނެއް ވަތްކެއްނުވާނެ އިމްތިޔާޒަށް އަނދިރިއެއް އައްޔެއް ވަކިނުވިއަސް އަލީ އާއި އަނދިރިއަނދިރީން ވަކިވާމީހުން މިގައުމަކުން ފޮހެއެއް ނުލެވޭނެ އއ
އިންތި އެބުނީ މިފަހަރު ހައްގު ތެދެއް. ފާއިތުވު 20 އަހަރުވެސް އިމްތިޔާޒުނެތް މިވަރު ތެދެއްބުނެފަ.